ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 12:03
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ސިޓީ އަށް އޮތީ އުނދަގޫ މަގެއް: ގާޑިއޯލާ
ގާޑިއޯލާ ބުނީ މިހާރު ސިޓީ އޮތީ "އުނދަގޫ" ޙާލަތެއްގައި ކަމަށާއި، ކުރިއަށް އޮތީ އުނދަގޫ މަގެއް ކަމަށެވެ. އެއީ ރިކަވަރީ އަށް ވަގުތު ހޭދަ ކުރުމަށް ފަހު، ޕްރިމިއާ ލީގުގައި ނިއުކާާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުމާއި، އެ މެޗުގެ ފަހުން ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ދެ ވަނަ ލެގުގައި ކުޅުން ކަމަށް ގާޑިއޯލާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އަތުން ބަލިވެފައިވާއިރު، މެންޗެސްޓަރ ސިޓީ އަށް އޮތީ އުނދަގޫ މަގެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ޕްލޭ އޮފްގެ ފުރަތަމަ ލެގުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ސިޓީން ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނެގި އެވެ. ނަމަވެސް ރެއާލުން ނަތީޖާ ހަމަހަމަކޮށް، ފަހު ވަގުތު ޖެހި ލަނޑުން އެ ޓީމު މޮޅުވީ އެވެ.

ގާޑިއޯލާ ބުނީ، މެޗަށް ނިކުތްއިރު ވެސް އޭނާ އަށް ރެއާލްގެ ފެންވަރު އިނގޭ ކަމަށެވެ. މެޗުގައި ސިޓީން ދެ ފަހަރެއްގެ މަތިން ލީޑު ނެގިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ދެ ވަނަ ހާފުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ޤަބޫލު ވެސް ކުރެވޭ ކަމަށެވެ. އަދި އަވަސް އަވަހަށް އެޓޭކު ކުރުމަށް ސިޓީން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އެއީ ރެއާލް އަކީ "އާދަޔާ ޚިލާފު" ޓީމަކަށް ވުމުން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ މިހާރު ސިޓީ އޮތީ "އުނދަގޫ" ޙާލަތެއްގައި ކަމަށެވެ. އަދި ކުރިއަށް އޮތީ އުނދަގޫ މަގެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެއީ ރިކަވަރީ އަށް ވަގުތު ހޭދަ ކުރުމަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުމާއި، އެ މެޗުގެ ފަހުން ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ދެ ވަނަ ލެގުގައި ކުޅުން ކަމަށް ގާޑިއޯލާ ބުންޏެވެ. ރެއާލް މެޗުގައި ސިޓީގެ ޖެކް ގްރީލިޝް އަދި މެނުއަލް އަަކަންޖީ އަށް އަނިޔާވެފައިވާއިރު، ދެ ވަނަ ލެގުގައި އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސިޓީ އަށް ބައެއް ކަހަލަ ގޯސްތަކެއް ހެދޭ ކަމަށާއި، އެއީ ކުރިން ވެސް ހެދޭ ކަހަލަ ގޯސްތަކެއް ކަމަށެވެ. އެކަންކަން މެނޭޖު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ވަރަށް ގިނަ ފަހަރު އެކަހަލަ ކަންކަން ދިމާވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ ބައެއް ޙާލަތްތަކުގައި ކުޅުންތެރިން ނިންމާ ނިންމުން ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި، އަނެއް ބައި ޙާލަތުގައި މަސައްކަތް ނުކުރާ ކަމަށެވެ.

މެޗުގައި ސިޓީ އަށް ނަތީޖާ ނެރެވުނު ކަމަށާއި، ނަމަވެސް އެ ނަތީޖާ ހިފަހައްޓަން ސިޓީ އަށް ނޭނގުނީ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެއީ ހަމައެކަނި ކުޅުންތެރިންނަށް އޮތް ކަމެއް ނޫން ކަމަށާއި، އެކަމަކީ ސިޓީގެ ޓީމުގައި ހިމެނޭ އެންމެންގެ މައްޗަށް އޮތް ކަމެއް ކަމަށެވެ. އަދި ދެ ވަނަ ލެގަށް ނިކުންނައިރު، އިތުރަށް މަސައްކަތްކޮށް، ކަންކަން ރަނގަޅު މަގުން ގެންދަން މަސައްކަތް ކުރާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

- ކޮމެންޓް