ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 09:23
ޔުވެންޓަސް އާއި ޕީއެސްވީ ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އާއި ޕީއެސްވީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުން މޮޅުވެ، ޔުވެންޓަސް އުންމީދުގައި
ފުރަތަމަ ލެގުން ޔުވެންޓަސް މޮޅުވެފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ ޕީއެސްވީގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ޔުވެންޓަސް އަށް އޮންނާނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން ޕީއެސްވީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ޔުވެންޓަސް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކުރި ހޯދައިދިނީ ވެސްޓަން މެކެނީ އެވެ. އެއީ ފެޑެރިކޯ ގަޓީ ތަނަވަސްކޮށްދިން ފުރުސަތެއްްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ޕީއެސްވީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ އިވާން ޕެރިސިޗް ޖެހި ލަނޑުންނެވެ. މެޗުން ޔުވެންޓަސް މޮޅުވީ، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ސަމުއެލް އެމްބަންގުލާ އެވެ.

- ކޮމެންޓް