ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 12:25
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޕީއެސްޖީ
ޕީއެސްޖީ އޮތީ ރަނގަޅު ފޯމެއްގައި: އެންރީކޭ
ޕީއެސްޖީގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން އޭނާ ބޭނުން ވަނީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އޮންނަން ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެ ވާދަވެރިކަން އިޙުސާސް ކުރެވެން ކަމަށާއި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އުނދަގޫ ކަމެއްކަން އިޙުސާސް ކުރެވެން ވެސް ބޭނުންވާ ކަމަށެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ ބުނެފި އެވެ.

މި ސީޒަންގައި ޕީއެސްޖީން ދައްކަމުން އަންނަ ކުޅުމާއި، އެ ޓީމު ނެރެމުން އަންނަ ނަތީޖާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، މިވަގުތު ޕީއެސްޖީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ފޯމު ދަމަހައްޓައިގެން، ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ސީޒަންގެ ބާކީ އަދިވެސް ގިނަ ދުވަސްތަކެއް އޮތްކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ، ކުރިއަށް އޮތް ތަނުގައި އަދި އުނދަގޫ ވަގުތުތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެންރީކޭ ޤަބޫލު ކުރާ ގޮތުގައި މިވަގުތު ޕީއެސްޖީގެ ސްކޮޑު އޮތީ ކޮންމެ ފަދަ ދަނޑިވަޅަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެކަމަށް ތައްޔާރަށެވެ. އަދި ޕީއެސްޖީ އަށް އެކަން ކުރެވޭނެ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

ޕީއެސްޖީގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން އޭނާ ބޭނުން ވަނީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އޮންނަން ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެ ވާދަވެރިކަން އިޙުސާސް ކުރެވެން ކަމަށާއި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އުނދަގޫ ކަމެއްކަން އިޙުސާސް ކުރެވެން ވެސް ބޭނުންވާ ކަމަށެވެ. ޕީއެސްޖީގެ ކޮންމެ ކުޅުންތެރިޔަކު ވެސް އެކަަމަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެއީ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ފްރާންސް ލީގު ތާވަލްގެ އެއް ވަނައިގައި ޕީއެސްޖީ އަށް ރަނގަޅު ލީޑެއް ލިބިފައި އޮތް ނަމަވެސް، ފްރާންސް ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުތަކަށް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ފްރާންސް ކަޕްގައި ކޮންމެ ކަމެއް ވެސް ބަރޯސާ ވަނީ ކުޅެވޭ 90 މިނެޓަށް ކަމަށް އޭނާ ބުންޏެވެ. އަދި ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ދެ ލެގު ކުޅެން ޖެހޭ ކަމަށާއި، އެކަމަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ފްރާންސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ޕީއެސްޖީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 53 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި 16 މެޗަކުން ޕީއެސްޖީ މޮޅުވެފައިވާއިރު، ފަސް މެޗެއް ވަނީ އެއްވަރުވެފަ އެވެ. ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ޕީއެސްޖީ ބަލިވެފައެއް ނުވެ އެވެ.

- ކޮމެންޓް