ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 09:28
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި އެފްއޭ ކަޕް
ފަހަތުން އަރައި މޮޅުވެ، ސިޓީ އަނެއް ބުރަށް
ސިޓީ އަކީ އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ޓީމުން ވަނީ މިހާތަނަށް 13 ފަހަރެއްގެ މަތީން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލޭޓަން އޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ސިޓީން މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ލޭޓަން އޮރިއެންޓުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި އެ ޓީމުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ސިޓީން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ލޭޓަން އޮރިއެންޓަށް ލީޑު ލިބުނީ ސިޓީގެ ގޯލު ކީޕަރު ސްޓެފާން އޯޓެގާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ސިޓީން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގަ އެވެ. އެއީ ރިކޯ ލެވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޚުސަނޯވް ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ކެވިން ޑި ބްރޭނާ އެވެ. އޭނާ އެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖެކް ގަރީލީޝް އެވެ.

ސިޓީ އަކީ އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ޓީމުން ވަނީ މިހާތަނަށް 13 ފަހަރެއްގެ މަތީން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް