ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 17:39
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ޑރ މުޙައްމަދު މުއިއްޒު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
އިސްރާއިލް ޕާސްޕޯޓް މަނާކުރުން
"އިސްރާއީލް ޕާސްޕޯޓް މަނާކުރަން ސަރުކާރުން ބޭނުމެއް ނުވޭ، ކުރަނީ ލޮނުމަޑު މަސައްކަތެއް"
ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލަން ވަނީ އެއްބަސްވެފަ
އިސްރާއިލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް މަޖިލީހުގައި ޕާކްކޮށްފައި އޮންނާތީ އާއްމުންގެ ފާޑުކިޔުންތައް ދަނީ އިތުރުވަމުން

އިސްރާއީލް ޕާސްޕޯޓް މަނާކުރުން ލަސްކޮށްފައި ބޭއްވުމަށް ފަހު ފަލަސްތީނުގެ ހައްގުގައި ކަމަށް ބުނެ ސަރުކާރުން ކުރަމުން ދަނީ ލޮނު މަޑު މަސައްކަތްތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޕްރޮގްރެސިވް ނޭޝަނަލް ފްރންޓް (ޕީއެންއެފް)ގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، ޣައްޒާ އިން ރައްޔިތުން ބޭލުމަށް ކުރަމުންދާ އެއްވެސް ކަމަކަށް ރާއްޖެއިން ތާއީދު ނުކުރާނެ ކަމަށެވެ. ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށާއި، އެހެން ޤައުމުތަކުގެބިންތައް ހިފައިގަތުމަށް ރާއްޖެއިން ތާއީދު ނުކުރާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެކި ފަހަރު މަތިން ފަލަސްތީނުގައި އިސްރާއީލުން ހިންގާ ޖަރީމާތައް ކުށްވެރި ކުރާ ކަމަށް ބުނެ ސަރުކާރުން ދަނީ ބަޔާންތައް ނެރެމުންނެވެ.

އެ މައްސަލަ އަށް އިޝާރާތްކުރައްވާ ކުރީގެ ރައީސް ޔާމީން ވިދާޅުވީ އިސްރާއިލް ޕާސްޕޯޓް މަނާކުރުން ފަސްކުރަމުން ދިއުމުން އެނގެނީ ފަލަސްތީނުގެ ހިމާޔަތުގައި މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތް ނެތްކަން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ޚިޔާލު އެ މައްސަލައިގައި އޮތް ގޮތް ހޯދަން ސަރުކާރުން މަސައްކަތް ނުކުރައްވާ ސަބަބާއި މެދު އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން މަޖިލީހަށް ސަރުކާރުން ފޮނުވާ ގަރާރަކުން ފާސްކޮށްގެން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާއި މެދު ބަސްބުނާ ފުރަތަމަ ޤައުމަކަށް ރާއްޖެއިން ނުވަނީ ކީއްވެތޯ ވެސް އެ މަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ. އެހެންކަމުން އިސްރާއިލް ޕާސްޕޯޓް މަނާކުރުމުގަ ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ،

އެވަރުވެސް ކޮށްލާކަށް ބޭނުމެއް ނުވޭ. ޓްވީޓެއް ކޮށްލާފަ މި ބުނަނީ ފަލަސްތީން މީހުންނަށް ޢައްޒާ ގެއްލޭ ގޮތަށް ކުރާ ކަންކަމާ ދެކޮޅޭ. ތާއީދެއް ނުކުރަމޭ. ކުށްވެރި ކުރަންވީ އެޓް ދަ ހައެސްޓް ލެވެލް. ސަރުކާރުގެ ލެވެލްގައި ކުށްވެރި ކުރަންވީ. ފުރަތަމަ ގައުމުކަމަށް ވެސް ވެދާނެ. ފަލަސްތީނަށް ތާއީދު ކުރާ އިރު އިސްރާއިލް ޕާސްޕޯޓް މައްސަލަ އޮތީ ހަމަ. މެކުހަށް ޖަހާ އަވަސް ކުރާ ވާހަކަ އެބަ ދައްކާ. އެކަމަކު އަބްދުއްރަހީމް ފަކީރަށް ދެން ނޭނގެ އެކަން ވާނެކަމެއް ވެސް. ކޮންމެ ކަމެއް މާދަމައަށް ބޭއްވީމަ މާދަމާ ބައްދަލުކުރާ ގޮތެއް ނޭނގޭ.
ކުރީގެ ރައީސް ޔާމީން

ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ މިދިޔަ ޖެނުއަރީ މަހު ޣައްޒާ ހަނގުރާމަ ހުއްޓާލަން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުން ޣައްޒާގައި ހިނގަމުންދާ 15 މަސްދުވަހުގެ ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ.

20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެ އިތުރުން ޕާސްޕޯޓް ބަނާކުރުމުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކު ކޮށްފައި އޮންނަތާ 150ށް ވުރެ ގިނަ ދުވަސް ވީފަހުން، އެ ބިލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސް ކުރީ ނިމިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެ ނިންމުން ނިންމާފަިއ ވަނީ އެ މަސައްކަތް ޕާކްކޮށްފައި އޮންނާތީ އާއްމުންގެ ފާޑުކިޔުންތައް ނުކަތާ ވަރަށް އިތުރުވުމުން ނިންމެވި ނިންމެވުމެވެ.

- ކޮމެންޓް