ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 10:50
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު "ޑިކްޓޭޓަރ އޮފް ލައިސް" ޖަހާފައި އިން ޕޯސްޓަރެއް ހިފައިގެން މެންބަރު މީކާއިލް
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު "ޑިކްޓޭޓަރ އޮފް ލައިސް" ޖަހާފައި އިން ޕޯސްޓަރެއް ހިފައިގެން މެންބަރު މީކާއިލް
ރާއްޖެއެމްވީ
ރިޔާސީ ބަޔާން 2025
އެމްޑީޕީގެ 9 މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
އަބްދުއްރަހީމް ވަނީ ރައީސްގެ ބަޔާން މެދުކަނޑާލައްވާ މެންބަރުން ތަޅުމުން ބޭރުވަންދެން ޖަލްސާ މެދުކަނޑާލާފައި

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އަޑު އުފުލާފައިވާތީ އެމްޑީޕީގެ 9 މެންބަރުންގެ ނަން އިއްވައިފިއެވެ.

2025 ވަނަ އަހަރަށް މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ 9 މެންބަރުންގެ ނަން އިއްވާފައިވަނީ އަޑުއުފުލުމާއި ގުޅިގެންނެވެ.

ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަން އިއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ގެ ނަމެވެ.

މެންބަރުންގެ ނަން އިއްވުމުންވެސް އަމިއްލައަށް ތަޅުން ދޫކުރައްވާ ވަޑައިގެންފައި ނުވާތީ މެންބަރުން ނެރެފައިވަނީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް ގަދަކަމުންނެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަމުންދާއިރު، މި ސަރުކާރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭތުވެދިޔަ ދުވަސްތަކުގައި ހައްދަވާފައިވާ ދޮގުތަކާއި، ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރައްޔިތުންނަށް ދިމާވަމުންދާ ތަކުލީފުތަކާއި ގުޅޭގޮތުން މެންބަރުން ވަނީ އަޑުއުފުލާފައެވެ. އަދި ރައީސް މުއިއްޒު ވަނީ މެންބަރުން އިހުތިޖާޖުކުރުމާއެކު ރިޔާސީ ބަޔާން މެދުކަނޑާލައްވާފައެވެ.

އަދި ރިޔާސީ ބަޔާން އިއްވުން ދެން ފަށާނީ ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނުކުތުމުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ ރިޔާސީ ބަޔާން އިއްވުން މެދުކަނޑާލައްވާފައެވެ. އަދި މެންބަރުން މަޖިލިހުގެ ތަޅުމުން ބޭރުކުރުމަށްފަހު ރިޔާސީ ބަޔާން ވަނީ އަލުން އިއްވާން ފަށާފައެވެ.

- ކޮމެންޓް