ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 13:17
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން
ރާއްޖެއެމްވީ
އޭސީސީގައި ހުރި ރައީސްގެ މައްސަލަތައް
ސިޔާސީ މީހަކަށް އެންމެ ގިނަ މައްސަލަ އޭ.ސީ.ސީގައި އޮންނާނީ ރައީސް މުޢިއްޒުގެ: ޔައުޤޫބު
ރައީސް މުޢިއްޒުގެ މައްޗަށް ހުރި މައްސަލަތަކަކީ އެންމެ ސީރިއަސް އަދި ބޮޑެތި މައްސަލަތައް
ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު އެ ކޮމިޝަނަށް ދެއްވައިފިނަމަ، ރައީސް މުޢިއްޒުގެ މައްޗަށް ކުށް ސާބިތުވެ، ކޯޓުގެ މައްސަލަތައް ހިނގާ ތަން ފެނިގެންދާނެ

މިހާރު ސިޔާސީ މައިދާނުގައި އެކްޓިވްކޮށް މަސައްކަތްކުރާ އެންމެންގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގައި އެންމެ ގިނަ މައްސަލަ ހުރި ސިޔާސީ ފަރާތަކީ ރައީސް މުޢިއްޒު ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަވަރުބެރު ޕެނަލްގައި ވާހަކަ ދައްކަވަމުން ޔައުޤޫބު ވިދާޅުވީ ރައީސް މުޢިއްޒުގެ މައްޗަށް ހުރި މައްސަލަތަކަކީ އެންމެ ސީރިއަސް އަދި ބޮޑެތި މައްސަލަތަކެވެ. މި މައްސަލަތަކުގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި ޚިޔާނާތުގެ މައްސަލަތަކާއި ފައިސާގެ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭ.ސީ.ސީގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު އެ ކޮމިޝަނަށް ދެއްވައިފިނަމަ، ރައީސް މުޢިއްޒުގެ މައްޗަށް ކުށް ސާބިތުވެ، ކޯޓުގެ މައްސަލަތައް ހިނގާ ތަން ފެނިގެންދާނެ
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނަކީވެސް ރައީސް މުޢިއްޒު ކޮންޓްރޯލް ކުރަން މަސައްކަތް ކުރައްވާ މުއައްސަސާއެއް ކަމަށް ޔައުޤޫބު ވިދާޅުވިއެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް މުޢިއްޒު ކުރިމަތިލެއްވުމަށް ވިސްނާވަޑައިގަންނަވާތީ، އިލެކްޝަންސް ކޮމިޝަން އެމަނިކުފާނުގެ ބާރުގެ ދަށަށް ގެންނެވުމަށް މަސައްކަތް ކުރައްވާ ކަމަށް ޔައުޤޫބު ތުހުމަތު ކުރެއްވިއެވެ.

އަދި ރައީސް މުޢިއްޒުގެ ބާރުވެރިކަމަށް އަސަރެއް ކޮށްފާނެ ކޮންމެ މުއައްސަސާއަކާ މެދު ނުރަނގަޅު ގޮތުން ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.

- ކޮމެންޓް