ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 14:27
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރް. ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރް. ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މުއިއްޒު ސަރުކާރު
ރައީސް މުއިއްޒު ފެނިގެން ދިއައީ ވަަރަށް ބޯހަރު، ގޮތްދޫނުކުރާ ބޭފުޅެއްގެ ގޮތުގައި، ހުރިހާ ގެއްލުމެއް ލިބިގެން މިދަނީ ދިވެހި ރައްޔިތުންނަށް: މައުރޫފް
ރައީސް މުއިއްޒަކީ ސިޔާސީގޮތުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް މާ އިތުބާރު ހިފޭ ފަރާތެއް ކަމަކަށް ގަބޫލު ނުކުރެވޭ
ރައީސް މުއިއްޒު ގެންގުޅުއްވާ މައިގަނޑު ވިސްނުންފުޅަކީ ޒަމާނުއްސުރެ، އެ ހުރި ވައްކަންކުރުމާއި ފައިސާ ޖަމާކުރުމުގެ ވިސްނުން

ހެޔޮ ވެރިކަމެއް ކުރުމުގެ ވިސްނުންފުޅެއް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނުގެ މައިގަނޑު ވިސްނުންފުޅަކީ ޒަމާނުއްސުރެ، އެ ހުރި ވައްކަންކުރުމާއި ފައިސާ ޖަމާކުރުމުގެ ވިސްނުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު އޮންނަ ގޮތުން، ވެރިކަމަށް އަރާވަޑައިގަތުމަށްފަހު، އެކަމަށް އެހީތެރިވެދެއްވި ފަރާތްތަކާއި އެއްބާރުލުން ދެއްވި ފަރާތްތަކަށް އިހުމާލުވުމުގެ މައްސަލަ އަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ. މިއީ ތަކުރާރުވަމުންދާ ކަމެއްގެ ގޮތުގައި މައުރޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ސިޔާސީ މަސައްކަތްޕުޅުތަކަށް އިޝާރާތް ކުރައްވާ މައުރޫފް ވިދާޅުވީ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ދެމިހުންނަވާ ހަރުދަނާ މުހިންމު މަޤާމެއް ރައީސް މުއިއްޒު ފުރުއްވާފައިނުވާކަމަށެވެ. އަދި އުޅުއްވި އެއްވެސް ޕާޓީއަކަށް ޚިދުމަތްކުރައްވާފައިނުވާ ކަމަށްވެސް މައުރޫފު ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލާއިރު، ރައީސް މުޢިއްޒަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އިތުބާރު ކުރެވޭ ފަރާތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުގެ ކެބިނެޓް އެކުލަވާލެވުނު އިރު، ސިޔާސީ މައިދާނުގައި އެކަށީގެންވާ ތަޖުރިބާއެއް ނެތް ގިނަ ފަރާތްތަކެއް ހިމެނިފައިވާ ކަމަށެވެ. މީގެ އިތުރުން، ސިޔާސީ ތަޖުރިބާ މަދު ފަރާތްތައް ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އެކަމުގެ ދެރަ ލިބެމުންދަނީ ޤައުމުގެ ރައްޔިތުންނަށްކަމަށް މައުރޫފް ވިދާޅުވިއެވެ. ތަޖުރިބާ މަދު ފަރާތްތައް ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރަމުންދާތީ، އެގޮތަށް އެކަން ނުކުރެއްވުމަށް އެމްޑީޕީން ރައީސް މުޢިއްޒަށް އިލްތިމާސްކުރަމުން ގެންދެވި ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ. އަދި ޚާއްޞަކޮށް، އިޤްތިޞާދީ އަދި މާލީ ދާއިރާތަކަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާ ގުޅޭ ކަންބޮޑުވުންތައް ރައީސް މުޢިއްޒަށް ހުށަހަޅަމުން ގެންދިޔަކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ކެބިނެޓު އެކުލަވާލެވިގެން ދިޔައިރު، ފެނިގެން ދިޔައީ ސިޔާސީ ދާއިރާގައި އެއްވެސް ގޮތަކަށް އުޅެފައި، ތަޖުރިބާއެއް ލިބިފައި ނެތް ގިނަ ފަރާތްތަކެއް. ސިޔާސީ ތަޖުރިބާއެއް ނެތް އެކިއެކި ފަރާތްތަށް ސިޔާސީ އެކިއެކި މަގާމުތަކަށް ލައިގެން އުޅޭ ތަންވެސް ފެންނަމުންދޭ. މި ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން އެކަމުގެ ދެރަ ލިބޭނީ ރައްޔިތުންނަށް. މި ސަރުކާރުން އެއްވެސް ތަޖުރިބާއެއް ނެތް ފަރާތްތައް ސިޔާސީ އެކިއެކި މަޤާމުތަކަށް ލައްވާތަން ފެނުނީމައި އެމްޑީޕީން ދިއައީ ރައީސް މުއިއްޒަށް އެފަދައިން ކަންކަން ނުކުރުމަށް އެދި ބުނަމުން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ފެނިގެން ދިއައީ ވަަރަށް ބޯހަރު، އަދި ގޮތްދޫނުކުރާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ނަތީޖާ ފެންނަގޮތުން މިކަމުގެ ހުރިހާވެސް ގެއްލުމެއް ލިބިގެން މިދަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރުމުގެ ވިސްނުންފުޅެއް މިހާރު ރައީސް މުއިއްޒު ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނުގެ މައިގަނޑު ވިސްނުންފުޅަކީ ޒަމާނުއްސުރެ، އެ ހުރި ވައްކަންކުރުމާއި ފައިސާ ޖަމާކުރުމުގެ ވިސްނުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، ރައީސް މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ވެރިކަން ކުރެއްވުމުގެ އެއްވެސް ޚިޔާލުފުޅެއް ގެންގުޅުއްވާކަމަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި، މައުރޫފް ވިދާޅުވީ، ރައީސް މުޢިއްޒުގެ ހަމައެކަނި އަމާޒަކީ މިހާރުގެ ވެރިކަމުގެ ދައުރު ނިމުމާއެކު، ދައުލަތުގެ މާލިއްޔަތުން ބޮޑު އަދަދެއްގެ ފައިސާ ނަންގަވައިގެން ޤައުމުން ބޭރަށް ވަޑައިގަތުން ކަމަށެވެ.

- ކޮމެންޓް