މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީން އެކްސްގައި ކުރި މި ޕޯސްޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އެމްޑީ އަކަށް ހުންނެވި މުޙައްމަދު ވަޖީހު ކުންފުނީގެ އެމްޑީގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަކިކޮށްފައި ވާކަމަށެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރި ވަޖީހު މަޤާމުން ވަކިކުރި ކަމަށް ޕީސީބީން އިއުލާނު ކުރިއިރު، މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި މަޖިލީޙުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު މަޤާމުން ވަކިކޮށްފައެވެ.