ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 17:01
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
އެމްޑީއޭ ސަރުކާރު ކޯލިޝަން
ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި
އެމްޑީއޭއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކޮށް، ކޯލިޝަން ހެދީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ އެކު މިސަރުކާރުން ހަދާފައިވާ ކޯލިޝަން އެގްރީމެންޓަށް އަމަލުނުކުރާނަމަ ސަރުކާރުން ވަކިވެދާން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕާޓިން ދީފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް 9000 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީއޭއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކޮށް، ކޯލިޝަން ހެދީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެވެ.

މި ސަރުކާރުގެ ބައެއް ނިންމުންތަކާ އެމްޑީއޭއިން ދެކޮޅެވެ. ސިޔާމް އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ހުންނަ ކަންބޮޑުވުންތައް ދޭތެރެ ދޭތެރެއިން މަޖިލީހުގެ ތަޅުމުގައި ފާޅުކުރެ އެވެ.

ހޮނިހިރު ދުވަހު އައްބާސް "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޑީއޭއާ އެކު އެކުލަވައިލައިފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ރައީސް މުއިއްޒުއަށް ދަންނަވާފަ އެވެ. އަދި އެކަން އެގޮތަށް ނުކުރާނަމަ ކޯލިޝަނުން ވަކިވެދާނެ ކަމަށް އައްބާސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެމްޑީއޭ ގެ ލޮބުވެތި ރައީސް ގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަ ނެތި އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ ސަރުކާރު ކޯލިޝަން އިން އެމްޑީއޭ ވަކިވާން ޖެހިދާނެކަމުގައި ދަންނަވަން.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އެއްބަސްވެފައިވަނީ ކޮން ކަންތައްތަކެއްކަން އެނގިފައިނުވި ނަމަވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެމްޑީއޭއަށް ސިޔާސީ މަގާމުތައް ދީފައިނުވާކަން ވަނީ އެނގިފަ އެވެ. ވައުދުވެވަޑައިގެންނެވި ގޮތަށް ސިޔާސީ މަގާމުތައް އެމްޑީއޭއަށް ދިނުމަށް އެދި ހުސްވި އޮގަސްޓު ހިސާބުފައު ރައީސަށް ސިޓީއެއްވެސް ފޮނުވި އެވެ.

- ކޮމެންޓް