ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 23:01
އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން
އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން
ރާއްޖެ އެމްވީ
ފުދިއްޖެ، ފުނޑިއްޖެ ހިނގާލުން
މި ސަރުކާރުގައި ރައްޔިތުންނަށް ވަނީ ސަލާންޖަހަން މަޖުބޫރުކޮށްފައި: މެންބަރު މީކާއިލް
ގޯއްޗާއި، ފްލެޓުތައް ދޫނުކޮށް ހިފަހައްޓާފައިވަނީ ރައްޔިތުން ނިކަމެތި ކުރުމަށް
މި ސަރުކާރުން ރައްޔިތުންނަށް ވަނީ ވާނުވާ ޖަހާފައި

މި ސަރުކާރުގައި ރައްޔިތުންނަށް ސަލާންޖަހަން މަޖުބޫރުކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ''ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުގައި މެންބަރު މީކާއިލް ވިދާޅުވީ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ރައްޔިތުންގެ އެއްވެސް އަޑެއް ސަރުކާރަށް ނީވޭ ކަމަށާއި، މިއީ ބީރު ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވެފައިވާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ ރައްޔިތުން ކަންކަމުގައި މާބޮޑަށް ނުރުހުންވުމުން ކަންކަން އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް މިހާރު ރައްޔިތުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ކޮން ބޭފުޅެއްކަން އޭނގޭ ކަމަށެވެ.

މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓް މަނާކުރާނެ ކަމަށް ކެބިނެޓުން ނިންމައި އެކަން އިއުލާން ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އެބިލު ފާސްނުކޮށް، ސަރުކާރުކާރާއި، މިސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން އަމަލުކޮށްފައިވާ ގޮތަށް މެންބަރު މީކާއިލް ވަނީ ފާޑު ވިދާޅުވެފައެވެ.

އެބޭފުޅުން އަމިއްލައަށް އަމިއްލަފުޅު ކެބިނެޓުން ނިންމެވި ނިންމެވުމެއް. އަމިއްލައަށް ރައްޔިތުންގެ މަޖިލީހުން އެކަން ތަންފީޒު ނުކުރެވިގެން އެ އުޅުއްވަނީ. އެހެންވީމަ އެބޭފުޅުންގެ މުނާފިގުކަމާއި، ދެފުށް ދެގޮތްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އަޅުގަނޑުމެން މިއަދު މަގުމައްޗަށް މި ނުކުންނަނީ ރައްޔިތުންގެ މަޖިލީހުންނާއި، ގާއިމްވެފައި ހުރި މިނިވަން މުއައްސަސާތަކުންނާއި މިސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް މަގެއް ނެތުނީމަ. އަޅުގަނޑުމެންނަށް މަޖުބޫރުވަނީ މިއަދު ރައްޔިތުންގެ ހަރަކާތެއް މިހެން ސަރުކާރަށް ދައްކާ ސަރުކާރަށް ޕްރެޝަރ ކުރަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މިސަރުކާރުގެ އެއް އަހަރަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ ރައްޔިތުންނަށް ސަލާން ޖެހުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓުތައް ދޫނުކޮށް ހިފަހައްޓާފައިވަނީ ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ވާނުވާ ޖަހާފައިވާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

- ކޮމެންޓް