ކ. މާލެ
|
28 ޖެނުއަރީ 2025 | އަންގާރަ 00:20
ކުޅުދުއްފުށީ ސިޓީގައި ފެންސަށް އެރި ޕިކަޕް
ކުޅުދުއްފުށީ ސިޓީގައި ފެންސަށް އެރި ޕިކަޕް
ރާއްޖެއެމްވީ
އެކްސިޑެންޓް
18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފި
ޕިކަޕް ޓޯކޮށް، މައްސަލަ ދަނީ ތަހުގީގުކުރަމުން

18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފިއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕް ކޮންޓްރޯލް ނުވެ ގޮސް އެއަރޕޯޓް ފެންސަށް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަުންދާ ހދ. ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަން އެނގިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އެ ޕިކަޕް ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް