ކ. މާލެ
|
27 ޖެނުއަރީ 2025 | ހޯމަ 16:28
ގއ. އަތޮޅަށް މުދާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރާފައި. ފޮޓޯ: ނިލަންދޫ ކައުންސިލް
ގއ. އަތޮޅަށް މުދާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރާފައި. ފޮޓޯ: ނިލަންދޫ ކައުންސިލް
ގއ. ދާންދޫ ކައުންސިލް
ފަރަށް އެރުން
ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި
ގއ. އަތޮޅަށް މުދާ ހިފައިގެން ދިޔަ ލިއޯ ޓްރޭޑިންގެ "ލިއޯ ވިންގް" ދޯނި އެރީ އެ އަތޮޅު އެކެފަރަށް
މި ދޯނީގައި 1،000 އަށް ވުރެ ގިނަ ކާޑު ބަސްތާ ހުރި ކަމަށް މައުލޫމާތު ލިބޭ
ލިއޯ ވިންގް" ދޯނީގައި ހުރި ގިނަ އަދަދެއްގެ މުދަލަކީ ގއ. ނިލަންދޫ އަދި ގއ. ދާންދޫގެ ގޭގެެއަށް ހަދިޔާކޮށްފައިވާ ރޯދަ ހަދިޔާ

ގއ. އަތޮޅަށް މުދާ ހިފައިގެން ދިޔަ ލިއޯ ޓްރޭޑިންގެ "ލިއޯ ވިންގް" ދޯނި ހޯމަ ދުވަހު ހެނދުނު ފަރަށް އަރައިފި އެވެ.

ލިއޯ ޓްރޭޑިންއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އާއި ކޮންސްޓްރަކްޝަން ސާމާނު ވިއްކައި، ހެވީ ވެހިކަލް އަދި ލޭންޑިން ކްރާފްޓާއި ބާޖު ކުއްޔަށްދޭ ކުންފުންޏެކެވެ. ލިއޯ ޓްރޭޑިންއަކީ ނިލަންދުއަށް އުފަން އަބްދުﷲ ސަވާދުގެ އަމިއްލަ ކުންފުންޏެކެވެ.

ލިއޯ ޓްރޭޑިންގެ ފަރާތުން ހަދިޔާކޮށްފައިވާ އެތައް މުދަލެއް ހިފައިގެން ދިޔަ މި ދޯނި އަރާފައި ވަނީ އެ އަތޮޅު އެކެފަރަށެވެ. އަަދި މި ދޯނީގައިވާ އެއްވެސް މުދަލެއް ސަލާމަތް ނުކުރެވި މޫދަށް ގޮސްފައިވާ ކަމަށް ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާހިމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ފަރަށް އެރުމާއެކު ދޯނި ފަޅައިގެން ގޮސްފައި ވާތީ މިހާރު ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

"ލިއޯ ވިންގް" ގައި ހުރި ގިނަ އަދަދެއްގެ މުދަލަކީ ގއ. ނިލަންދޫ އަދި ގއ. ދާންދޫގެ ގޭގެެއަށް ހަދިޔާކޮށްފައިވާ ރޯދަ ހަދިޔާ ކަމަށް މައުލޫމާތު ލިބެ އެވެ. މި ދޯނީގައި 1،000 އަށް ވުރެ ގިނަ ކާޑު ބަސްތާ ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި 50 ކިލޯގެ ފުއްބަސްތާގެ އިތުރުން ހަނޑޫ، ހަކުރު ވެސް ހިމެނެއެވެ.

ލިއޯ ގެ ފަރާތުން ކޮންމެ އަހަރަކު ރޯދަމަހު ނިލަންދޫ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ތަކެތި ފޮނުވާ ކަމަށް އެނގިފައިވެއެވެ.

- ކޮމެންޓް