ކ. މާލެ
|
27 ޖެނުއަރީ 2025 | ހޯމަ 09:16
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ މާޓިނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ މާޓިނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ޔުނައިޓެޑުން ފުލަމް ބަލިކޮށްފި
މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ އަށް ވަނަ މޮޅެވެ. މިހާތަނަށް ކުޅެފައިވާ 23 މެޗުން ޔުނައިޓެޑަށް ލިބެނީ 29 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ފުލަމްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޔުނައިޓެޑުން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ލިސާންދްރޯ މާޓިނޭޒް އެވެ. އެއީ ފުލަމްގެ އޭރިޔާ ތެރެއިން އަލެހާންދްރޯ ގާނާޗޯ ތިރި ތިރިން ހުރަސްކޮށްދިން ބޯޅައެއް، ފުލަމްގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި ލިބުނު ވަގުތު ގޯލަށް ފޮނުވާލައިގެން މާޓިޏޭޒް ޖެހި ލަނޑެެކެވެ. އޭރިޔާ ބޭރުން މާޓިނޭޒް ފޮނުވާލި އެ ބޯޅަ ގޯލަށް ވަނީ ފުލަމްގެ ގޯލު ކީޕަރުގެ އަތުގައި ވެސް ޖެހިފަ އެވެ.

މިއީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑުގެ އަށް ވަނަ މޮޅެވެ. މިހާތަނަށް ކުޅެފައިވާ 23 މެޗުން ޔުނައިޓެޑަށް ލިބެނީ 29 ޕޮއިންޓެވެ. ލީގު ތާވަލްގެ 12 ވަނައިގައި ޔުނައިޓެޑު އޮތްއިރު، މި ސީޒަންގެ ލީގުގައި ޔުނައިޓެޑު ވަނީ 10 މެޗަކުން ބަލިވެފަ އެވެ. ޔުނައިޓެޑުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

- ކޮމެންޓް