ކ. މާލެ
|
22 ޖެނުއަރީ 2025 | ބުދަ 23:27
ރާއްޖޭގައި ފާލު ބަލަން އުޅުނު އިންޑިއާގެ ތިން މީހުން
ރާއްޖޭގައި ފާލު ބަލަން އުޅުނު އިންޑިއާގެ ތިން މީހުން
އިމިގްރޭޝަން
ރާއްޖޭގައި ފާލު ބެލުމުގެ މަސައްކަތް ކުރުން
ރާއްޖޭގައި ފާލު ބަލަން އުޅުނު އިންޑިއާގެ ތިން މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އިމިގްރޭޝަން
މިތިން މީހުންނަކީ އެކި ގައުމުތަކަށް ގޮސް ފައިސާއަށް ފާލު ބެލުމާއި، އަތް ބެލުން ފަދަ ކަންކަން ކުރާ ތިން މީހުން
މިތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން

ރާއްޖޭގައި ފާލު ބަލަން އުޅުނު އިންޑިއާގެ ތިން މީހުންގެ ވަނަވަރު އާއްމުކޮށް، ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ބުދަ ދުވަހު އިމިގްރޭޝަނުން ބުނީ ގަވައިދާ ޚިލާފަށް ފާލު ބެލުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ތިން ބިދޭސީއަކު އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިހާރު މިތިން މީހުން ވެސް ޑީޕޯޓު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ހައްޔަރު ކުރި ތިން މީހުންނަކީ 25 އަހަރުގެ ސްރީހަރީ ވަނަމް، 39 އަހަރުގެ ނަގަރަޖާ ބައިލްޕަޓީ އަދި 18 އަހަރުގެ ދަނަންޖޭ ބައިލްޕަޓީ އެވެ.

"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ ހިންދޫ ފާދިރީއެއްގެ ޚިދުމަތްތައް ރާއްޖޭގައި ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ އިޝްތިހާރު ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ އިޝްތިހާރެއް ފެނިއްޖެކަމަށްވާނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިތިން މީހުންނަކީ އެކި ގައުމުތަކަށް ގޮސް ފައިސާއަށް ފާލު ބެލުމާއި، އަތް ބެލުން ފަދަ ކަންކަން ކުރާ ތިން މީހުންނެވެ.

- ކޮމެންޓް