އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ސިޓީން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ފިލް ފޮޑެން އެވެ. އޭގެ ތިން މިނެޓު ފަހުން މަތެއޯ ކޮވަސިޗް ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީންގެ ތިން ވަނަ ލަނޑު ފޮޑެން ޖެހީ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ. އެއީ ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ސިޓީގެ ފަސް ވަނަ ލަނޑު ޖެހީ އާލިން ހާލަންޑު ޖެހީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ސިޓީގެ ފަހު ލަނޑު ޖެހީ ޖޭމްސް މެކްއަޓީ އެވެ.
މޮޅާއެކު ސިޓީ ހަތަރު ވަނައިގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 38 ޕޮއިންޓާ އެކު އެވެ.