ކ. މާލެ
|
12 ޖެނުއަރީ 2025 | އާދީއްތަ 14:30
ހިޔާ ޓަވަރުގެ ފޮޓޯ އެއް
ހިޔާ ޓަވަރުގެ ފޮޓޯ އެއް
ރާއްޖެ އެމްވީ
މީހަކު ވެއްޓި އަނިޔާވުން
ހިޔާ ޓަވަރ އިން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
މީޑިއާތަކަށް މައުލޫމާތުދެމުން އާދިއްތަ ދުވަހު ފުލުހުން ބުނީ ހިޔާ ޓަރވަރ 3 އިން މީހަކު ވެއްޓިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަަމަށް

ހުޅުމާލެ ފޭސް 2ގައި ހުންނަ، ހިޔާ ޓަވަރ އިން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އާދިއްތަ ދުވަހު ފުލުހުން ބުނީ ހިޔާ ޓަރވަރ 3 އިން މީހަކު ވެއްޓިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

ފުލުހުން ބުނިގޮތުގައި މީހަކު ވެއްޓިފައި ވަނީ ހިޔާ ޓަވަރ 3ގެ، ދެ ވަނަ ފަންގިފިލާއިންނެވެ.

ފުލުހުން ބުނީ އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް