Advertisement
ކ. މާލެ
|
11 ޑިސެންބަރ 2025 | ބުރާސްފަތި 13:49
ފުލުހުން ރާއްޖެޓީވީގެ ލައިވް ކަނޑާލަން އަންގާ އެކަން ކުރުމަށް އަމުރުކުރުމުން ލައިވް އިކްވިޕްމަންޓްތައް މޭޒުމަތީގައި ބަހައްޓާފައި
ފުލުހުން ރާއްޖެޓީވީގެ ލައިވް ކަނޑާލަން އަންގާ އެކަން ކުރުމަށް އަމުރުކުރުމުން ލައިވް އިކްވިޕްމަންޓްތައް މޭޒުމަތީގައި ބަހައްޓާފައި
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
ފުލުހުން ވަނީ މި އިހުތިޖާޖުގައި ހަރަކާތްތެރިވަމުން ދިޔަ 49 ދޯނީގެ ތެރެއިން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 3 މީހަކު ހައްޔަރުކޮށްފައި
ރާއްޖެޓީވީގެ ނޫސްވެރިޔާ އާއި ކެމެރާމަން މުޒާހަރާ ލައިވް ކުރުމަށް އަރާތިބި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ލައިވް މެދުކަނޑާލަން އެންގި
ލައިވް މެދުކަނޑާލަން އެންގީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ޖަވާބެއް ނުދިން

ލައިވް ކުރަމުން ދިޔަ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި އެވެ.

ފުލުހުން ވަނީ މި އިހުތިޖާޖު ގައި ހަރަކާތްތެރިވަމުން ދިޔަ 49 ދޯނީގެ ތެރެއިން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް ދޯންޏަކީ ރާއްޖެޓީގެ ނޫސްވެރިޔާ އާއި ކެމެރާމަން މި މުޒާހަރާ ލައިވް ކުރުމަށް އަރާތިބި ދޯންޏެވެ. ދޯންޏަށް އަރައި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން އަންގާ ދޯނި ގެންދިޔައީ ދޫނިދޫ އަށެވެ.

އަދި ދޯންޏަށް އެރި ފުލުހުން ވަނީ ލައިވް ކަނޑާލަން އަންގާފަ އެވެ. ނަމަވެސް ލައިވް ކަނޑާލަން އެނގީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން ވަނީ އިތުރަށް ލައިވް ނުކުރެވޭނެ ކަމަށް ވެސް އަންގާފަ އެވެ. މިކަމާއި ގުޅިގެން ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރުމުން ވެސް ލައިވް މެދުކަނޑާލަން އެންގި ސަބަބެއް ބުނެ ނުދިނެވެ.

މި މުޒާހަރާގެ ތެރެއިން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި 2 ދޯންޏާއި ހައްޔަރުުކުރި 3 މީހުން ގެންދަނީ ދޫނިދޫ އަށެވެ.

ފުލުހުން ވަނީ ބިދޭސީން މުޒާހަރާގައި ތިބިކަމަށް ބުނެ ދޯނިތަކަށް އަރައި ދޯނިތަކުގައި ބޭނުންކުރަމުންދިޔަ ސްޕީކަރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

- ކޮމެންޓް