ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 09:24
ސެޕްޓެމްބަރު 27، 2024 ގައި ނަތަންޔާހޫ އދ ގެ ހެޑްކުއަރޓަރގައި ވާހަކަ ދައްކަވަނީ
ސެޕްޓެމްބަރު 27، 2024 ގައި ނަތަންޔާހޫ އދ ގެ ހެޑްކުއަރޓަރގައި ވާހަކަ ދައްކަވަނީ
ގެޓީ އިމޭޖަސް
އޯއައިސީ
އިސްރާއީލުން އަރަބި ސަރަޙައްދުތަކުގެ މައްޗަށް ޙައްޤު އޮތްކަމަށް ބުނެ ޗާޓެއް އާންމު ކުރުމުން އޯއައިސީ އިން ކުށްވެރިކޮށްފި
އިސްރާއީލުން އާންމު ކުރި ޗާޓުގައި ފަލަސްތީނާއި، އުރުދުން، ލުބުނާން އަދި ސޫރިއާގެ ބޮޑު ބައެއް ގައި އިސްރާއީލަށް "ތާރީޚީ ސަރަޙައްދީ ޙައްޤުތައް" އޮތްކަމަށް ދައްކުވައިދީފައިވޭ.

އިސްރާއީލުން އަރަބި ސަރަޙައްދުތަކުގެ މައްޗަށް ޙައްޤު އޮތްކަމަށް ބުނެ ޗާޓެއް އާންމު ކުރުމުން އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެކަން ކުށްވެރިކޮށްފި އެވެ.

އިސްރާއީލުން އާންމު ކުރި ޗާޓުގައި ފަލަސްތީނާއި، އުރުދުން، ލުބުނާން އަދި ސޫރިއާގެ ބޮޑު ބައެއް ގައި އިސްރާއީލަށް "ތާރީޚީ ސަރަޙައްދީ ޙައްޤުތައް" އޮތްކަމަށް ދައްކުވައިދީފައިވެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރި އިސްރާއީލުގެ ބިމުގެ ތެރޭގައި ހިމެނުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކާއި، ޣައްޒާ ގައި ހިންގާ ނަސްލު ފުހެލުމުލުގެ އަނިޔާވެރި ޙަމަލާތައް އިތުރުކުރުމަށް އިސްރާއީލުގެ އިސްވެރިން ގޮވާލާ ގޮވާލުންތައް ވެސް އޯއައިސީ އިން ނެރުނު ނޫސްބަޔާނެއްގައި ކުށްވެރިކޮށްފައިވެއެވެ. މިފަދަ ގޮވާލުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސާފު ޚިލާފުވުމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިފާފައިވާ ސަރަޙައްދުތަކުގެ ހުރިހާ ހިސާބެއްގައި އިސްރާއީލުގެ ގަވައިދާ ޚިލާފު ވަޒަންވެރިންނާއި އިސްތިއުމާރީ ބާރުން ފަލަސްޠީނުގެ މައްޗަށް ހިންގާ އޮގަނައިޒްޑް ޓެރަރިޒަމް އިތުރުވަމުންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

15 މަސްދުވަސް ފާއިތުވެފައިވާ ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ނިމުމެއް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޒިންމާ އުފުލުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މި ޗާޓު ޝާއިޢުކޮށްފައިވަނީ އިސްރާއީލު ސަރުކާރުގެ ޔަހޫދީ ސުޕްރީމަސިސްޓް ވަޒީރުން 1967 ން ފެށިގެން އިސްރާއީލުން ޣައިރު ޤާނޫނީގޮތުން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކެއް ކަމުގައިވާ ހުޅަނގު އައްސޭރި ފުރިހަމައަށް އިސްރާއީލުގެ ބިމުގެ ބައެއްގެ ގޮތުގައި ހިމެނުމަށާއި ޣައްޒާގައި ޔަހޫދީ ކޮލޮނީތައް އަލުން ބިނާކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވާހަކަދައްކަމުންދާ ވަގުތެއްގައެވެ.

2023 ވަނަ އަހަރުގެ މާރިޗު މަހު، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ޕެރިހުގައި ބޭއްވުނު ހަފްލާއެއްގައި އުރުދުން އިސްރާއީލުގެ ބައެއްގެ ގޮތުގައި ދައްކުވައިދޭ 'ގްރޭޓަރ އިސްރާއީލް" ގެ ޗާޓެއްގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާފައެވެ.

- ކޮމެންޓް