ކ. މާލެ
|
7 ޖެނުއަރީ 2025 | އަންގާރަ 14:52
ގދ.ނަޑެއްލާގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވާހަކަދައްކަވަނީ
ގދ.ނަޑެއްލާގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގދ. ނަޑެއްލާ އަށް ރައީސް ވަޑައިގަތުން
ގދ. ނަޑެއްލާގެ ބަނދަރު ހެދުމުގެ މަސައްކަތަށް ކޮންޓެރަކްޓަރެއް ހޯދަން އިއުލާންކޮށް، އެކަން މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
މިހާރު ބޭނުންކުރަމުންދާ މިސްކިތަށް 20 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި އެރަށަށް އާ މިސްކިތެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި
ނަޑެއްލާ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާޢި ސްކޫލްގެ ދަތިކަމުގެ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ

ގދ. ނަޑެއްލާގެ ބަނދަރު ހެދުމުގެ މަސައްކަތަށް ކޮންޓެރަކްޓެރެއް ހޯދަން އިއުލާންކޮށް، އެކަން މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ގދ.ނަޑެއްލާގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ރަށަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ބަނދަރުގެ ދަތިކަމަށް ހައްލެއް ހޯދުން ކަމަށް ވުމާއި އެކު އެކަން ހައްލުކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަމަށެވެ. ރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތުމަކީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހޭކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެކަން ހައްލުވުމުން ރަށަށް ދިމާވެފައިވާ އެހެން ގޮންޖެހުންތަކަށް ވެސް ހައްލު ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ މިސްކިތަށް 20 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި އެރަށަށަށް އާ މިސްކިތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ކަން ވެސް ހައްލުކޮށްދެއްވާނެ ކަމަށާ އެ ރަށުގައި އާ މިސްކިތެއް ޤާއިމްކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނަޑެއްލާ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާޢި ސްކޫލްގެ ދަތިކަމުގެ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެ ރަށުގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި މިހާރު އުޅުއްވާ އުޅުއްވުމަށް ހިތްހަމަޖެހުމެއް ލިބިގެންދާނެ އިރާދަކުރެއްވިއްޔާ. ވަރަށް ގިނަ ކަންކަމުގަ މަގުފަހިވެގެންދާނެ މި ދެ މައްސަލަ އަށް ހައްލު ލިބުނީމަ. އެއީ ބަނދަރުގެ މަސައްކަތާއި ރަށް ގިރުން ހައްލުކުރުމުގެ މަސައްކަތް. މި މަހުގެ ތެރޭގަ އެކަން ފަށާނެ ވާހަކަ މި ދެންނެވީ.
ރައީސް ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން، ގދ.ގެ ބައެއް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޑެއްލާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ފަދަ ދަތުރުފުޅެއްގެ އެންމެ ބޮޑު ބޭނުމަކީ ކައިރިން ކަންކަން ބެއްލެވުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހައްލުކޮށްދެއްވުން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނާއި މަޝްވަރާކުރުމާއި ގާތުން މަސައްކަތް ކުރުމަކީ ވެސް މި ދަތުރުފުޅުގެ ބޭނުމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާ އިރު ވައުދުތައް ފުއްދާނެ ގޮތުގެ ތަފްސީލެއް ނުދެއްވައެވެ. 2025 ވަނަ އަހަރުގެ ބަޖެޓްގެ ތަފްސީލް ސަރުކާރުން ހާމަ ނުކުރާތީ ބަޖެޓުގައި އެ މަސައްކަތްތައް ހިމެނޭކަން ނުވަތަ ނޫންކަން ވެސް ސާފު ނުވާކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް