ކ. މާލެ
|
1 ޖެނުއަރީ 2025 | ބުދަ 18:45
އދ ގެ ސަލާމަތީ މަޖިލީހުގެ ސެޝަން އެއްގެ ރިޔާސަތު އެމެރިކާގެ ޚާރިޖީ ވަޒީރު ބަލަހައްޓަވަނީ
އދ ގެ ސަލާމަތީ މަޖިލީހުގެ ސެޝަން އެއްގެ ރިޔާސަތު އެމެރިކާގެ ޚާރިޖީ ވަޒީރު ބަލަހައްޓަވަނީ
ގެޓީ އިމޭޖަސް
އދ ގެ ސަމާމަތީ މަޖިލިސް
އަލްޖީރިއާ އިން އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ހަވާލުވެއްޖެ
އދ ގައި ހުންނަވާ އަލްޖީރިއާގެ ދާއިމީ މަންދޫބު، އަމާރު ބެންޖަމާ، ޖެނުއަރީ 2 ވާ ބުރާސްފަތި ދުވަހު ނިއު ޔޯކްގައި ސަލާމަތީ މަޖިލީހުގެ މަސައްކަތު ޕްރޮގްރާމާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އަލްޖީރިއާ އިން ބުދަ ދުވަހު އދ ގެ ސަލާމަތީ މަޖިލިސް (ޔޫއެންއެސްސީ) ގެ ރިޔާސަތާ ހަވާލުވެއްޖެއެވެ.

އަލްޖީރިއާއިން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ހަވާލު ވިއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ދިޔައީ އެމެރިކާ އިންނެވެ.

އދ ގައި ހުންނަވާ އަލްޖީރިއާގެ ދާއިމީ މަންދޫބު، އަމާރު ބެންޖަމާ، ޖެނުއަރީ 2 ވާ ބުރާސްފަތި ދުވަހު ނިއު ޔޯކްގައި ސަލާމަތީ މަޖިލީހުގެ މަސައްކަތު ޕްރޮގްރާމާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ސަލާމަތީ މަޖިލީސް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވީޓޯ ބާރު ލިބިފައިވާ 5 ދާއިމީ މެންބަރުން ކަމުގައިވާ ޗައިނާ، ފްރާންސް، ރަޝިޔާ، ޔުނައިޓެޑް ކިންގްޑަމް އަދި އެމެރިކާ ގެ އިތުރުން 10 ވަގުތީ މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 5 މެންބަރުން ކޮންމެ އަހަރަކު ޢާންމު މަޖިލީހުން 2 އަހަރުގެ ދައުރަކަށް އިންތިޚާބުކުރެއެވެ. މިއަހަރު އިންތިޚާބު ކުރެވުނު ވަގުތީ މެންބަރު ޤައުމުތަކަކީ އަލްޖީރިއާ، ޑެންމާކް، ގްރީސް، ގުޔާނާ، ޕާކިސްތާން، ޕެނަމާ، ކޮރެއާ، ސިއެރާ ލިއޯން، ސްލޮވީނިއާ އަދި ސޯމާލިއާއެވެ.

- ކޮމެންޓް