މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންވެސްޓަރ ކޮންފިޑެންސް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ޕްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެއަކީ އިންވެސްޓްކުރާ ބޭރު މީހުންނަށް އެޓްރެކްޓިވް ޤައުމަކަށް ވާނީ ޤައުމުގެ ވިޔަފާރިއަށް ފަހި މާޙައުލެއް އޮވެގެން ކަމަށެވެ. އަދި ވިޔަފާރި ފަހި މާހައުލެއް އޮވެ، އޭގެ ބެނިފިޝިއަރީޒަކަށް ވާނީ ދިވެހި ރައްޔިތުން ކަމަށެވެ. ޔާމީން ވިދާޅުވީ ރޯބަސްޓް އިޤްތިޞާދީ މަސައްކަތްތަކެއް ފެންނަން ޖެހޭނެ ކަމަށާއި، ނަމަވެސް ފެންނަނީ ދިމާ އިދިކޮޅަށް ކަންކަން ހިނގާތަން ކަމަށެވެ.
ހަތަރު ލައްކަ ރުފިޔާގެ ދުވާލުގެ ސޭލް ހަދާ މީހަކަށް މިއަދު ސޭލް މި ލިބެނީ ފަސްދޮޅަސްހާސް ރުފިޔާ ކަމަށާއި، ދެން އުޅެނީ ހައެއްކަ ހާސް ރުފިޔާގެ ވިޔަފާރިކުރެވޭ މީހުން ކަމަށެވެ. ހުރިހާ ކުދި ފަންތީގެ ވިޔަފާރިތައް މިއަދު ހުރީ ބަންދުބޯޑު ޖަހާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގައި ހަމަ ވިދާޅުވި އަނެއް ކޮޅަށޭ މި ދިޔައީ. ތިޔަ އިންވެސްޓަރކޮންފިނޭންސް ރާއްޖެއާ ހަމައިގައި ރާއްޖޭގައި ވިޔަފާރިވެރިންނަކަށް ނެތޭ ކުރިއަށް ދެވޭނެ ގޮތެއް އޭގެ މައްސަލަތަކަ އެ އުޅެނީ. އެހެންވީމާ އެކަމަށް ހައްލު ކޮށްފައި ނޫނީވިއްޔާ އެކަން ހައްލުވެގެން އޭގެ ޒާތުގައި އަންނަ އިތުރު ކަންތައްތަކެއް އެއީ މިސާލަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމުކުރަން ސަރުކާރުން ދޭ އިންސެމްޓީތަކާއި ސަރުކާރުން ދެން ކިޔާ މަރުޙަބާ ދޭ ގަރަންޓީތަކާއި ކަހަލަ އެތައް ކަމެއް އިތުރުކޮށްގެން ދެން އަންނާނީ ބޭރުގެ ބޮޑެތި ވިޔަފާރިވެރިން. ބޭރުގެ ބޮޑެތި ވިޔަފާރަށް މިހާރު ރާއްޖޭގައި ޓޫރިޒަމް ދާއިރާ ކަމަށްވިޔަސް އެއަރޓެކްސީ ކަންވެސް ކުރީގައި ހަދާފައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް. މިއިން އެއްވެސް ކަމެއް ކުރާކަށް ޞާލިހުގެ ފަސް އަހަރާއި މިހާރު މިދާ ބާރަ މަސްދުވަހުގެ ތެރޭގައި ހަ އަހަރު ވެގެން މި ދިޔައީ މިކަހަލަ ހަމަ ސާދަ މަހުގެ ތެރޭގައި އިނގޭތޯ މިކަހަލަ އެއްވެސް ބޮޑު އިންވެސްޓްމަންޓެއް ނުފެނޭ. ކުރީގައި ވެއްޖެއްޔާ އަޅުގަނޑުމެންނަށް ދެކެފިން އަހަރަކު ދިހަ ރިސޯޓް ހުޅުވި ތަން. އަހަރަކު ދިހަ ރިސޯޓް ހުޅުވި އިނގޭތޯ. އެއީ އިންވެސްޓަރ ކޮންފިޑެންސް އެ ރިސޯޓުތައް ހުޅުވާފަ ހެރީ ޕްރައިމަރީ މައިގަނޑު ގޮތެއްގައި ބޭރު ފަރާތްތައްކުރީގެ ރައީސް އަބްދުﷲ ޔާމިން
އެނބޫދޫ ފަޅުގައި ހަދާފައިވާ އިންވެސްޓްމަންޓަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވީ އެއީ އިންވެސްޓަރ ކޮންފިޑެންސް ކަމަށެވެ. ނަމަވެސް މިހާރު މި ދައްކަނީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިން އިނދަ ޖެހޭ ވާހަކަ ކަމަށާއި، އަދި ނުވިތާކަށް އެމްއެއޭގެ މޮނިޓަރީ ޕޮލިސީ އެ ބޭފުޅުން ގެންދަނީ ދިވެހިރާއްޖޭގެ ވިޔަފާރި ވެރިންނަށް މަޖުބޫރުކޮށްގެން ޑޮލަރު މާރުކުރުމުގެ ޕޮލިސީއެއްގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރޯބަސްޓް އިކޮނޮމިކް އިންވެސްޓަރ ކޮންފިޑެންސް އޮތްނަމަ މިއިން އެއްވެސް ކަމަކީ ގާނޫނު މަޖުބޫރު ކޮށްގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބަލިގަބޫލުކޮށް ސަރކާރުން އެކަންކަން ކޮށް އެދައްކަނީ ކަންކަން ނުވާކަން ކަމަށާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތުމުން ބޭނުންގޮތަކަށް ކަންކަން ކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިހާރު ހަމަ އެއާއެކީ ހަމަ އެނޭވާގައި ވިދާޅުވި، މަޖިލީހުގެ މެޖޯރިޓީ ނާޖާއިޒުކޮށް ބޭނުންކޮށްގެން އަނެއް ޕަބްލިކް ފައިނޭންސް އެކްޓްގައި މިވެނި މާއްދާތަކެއް ސަސްޕެންޑު ކުރީ. މިހާރު ކުރަނީ ތީތޯ މިހާރު މި ކުރަނީ ކީއްތޯ ހަމަ މަޖިލީހުން މެޖޯރިޓީ ނާޖާއިޒްކޮށް ބޭނުންކޮށްގެން ޓޫރިޒަމްގެ ދާއިރާއިން މި އަންގަނީ ވަކި އަދަދަކަށް ޑޮލަރު މާރުކުރާށޭ. އެކަމަކު މި ތަނަކީ ރޯބަސްޓް އިޤްތިޞާދެއް އޮތް ތަނަކަށް ވެފައި މި ތަނަކީ އިންވެސްޓަރކޮންފިޑެންސް ދިވެހި ރައްޔިތުންގެ ފުރަތަމަ ދިވެހި ކެޕިޓަލިސްޓުންގެ ފުރަތަމަ އޭގެފަހުން ބޭރުގެ ކެޕިޓަލިސްޓުން ކަމަށްވަންޏާ މިއިން އެއްވެސް ސަކަރާތެއް ނުޖަހާނެ. ދެން މިހާރު މިހާރު ބޮޑުވަރަކަށް މި ބުނާ ވާހަކައަކީ ހަމަ ހުރިހާ ބޮޓުން މި ލިޔަނީ ދިވެހިރާއްޖެ ބަނގުރޫޓް ނުވެ މި ސަލާމަތްވީ މުއިއްޒާ މުޅި ސަރުކާރުގެ ހަރުދަނާ ކަމާއި ޚާއްޞަ މަސައްކަތް އަޅުގަނޑުމެން ބަނގުރޫޓު މުން ސަލާމަތްވީއޭ. ބަނގުރޫޓް ވުމުން ސަލާމަތް ވީމަ އެއީ މައިލްސްޓޯނެއް ވިއްޔާ މިއަށް ޖަވާބު ދެއްވާ އިޤްތިޞާދީ ބޭފުޅަކު. ބަނގުރޫޓު ވުމުން ސަލާމަތް ވުމަކީ އަތަށް އަނގަޔާ ދިމާވުން. އެއީ އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކީ ފާހަގަކުރަންޖެހޭ ކަމެއް. ނޫނޭ އެހެންވީމާ އެ ދެއްކެވި ވާހަކަފުޅު ރާސްލާފައި ގެންދެވިއިރު ކޮބައިތޯއޭ އެ ދައްކަވާ ވާހަކައާއި މިއަދުގެ ޙަޤީޤަތާ ކިހާވަރަކަށް ގުޅެނީ. ހަމަ ދިމާ އިދިކޮޅު.ކުރީގެ ރައީސް އަބްދުﷲ ޔާމިން
އެސްއޯއީތަކުގެ ޖުމުލަ ދަރަނީ ބައްތިރީސް ބިލިއަންގައި ހުރިކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ މިއަދުގެ ޖުމުލަ ދަރަނި ވިދާޅުނުވެވޭ ކަމަށެވެ. އަދި ރަސްމާލެ ހިއްކާނީ އެކަމަށް ހާއްސަ ސަރުކާރުގެ ކުންފުންޏަކުން ފައިނޭންސް ހޯދައިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު ކުންފުންޏެއް ހެދުމަކުން ފައިސާ ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޚާއްޞަ އެސްއޯއެއް ހަދައިގެން އެ ކުންފުނިންނޭ ފައިނޭސް ހޯދާނީ. އެސްއޯއީ ހެދުމަކީ އެންމެ ފަސޭހަ ކަންތައް. އެސްއޯއީ ހެދުމަކުން އޭގެ ޒާތުގައި ފައިނޭންސެއް ނުލިބޭ މިހާރު. އެސްއޯއީތަކުގެ ޖުމުލަ ދަރަނި ބައްތިރީސްހާސް މިލިއަން އޮތް ވާހަކަ ވިދާޅުވެފައި ރަސްމާލެ ހިއްކުމުގެ ކަންތައް ހަވާލުކުރާނީ އެސްއޯއީއަކާ ބުނީމަ މި ދައްކާ ވާހަކަ މި ދައްކަވާ ބޭފުޅަކު އެނގޭ ބާއޭ ހިތަށް މި އަރަނީ އިނގޭތޯ. އެންމެ ފުރަތައިނުން ވެސް މި ބޭފުޅާ ދައްކަވާ ވާހަކަ އަޅުގަނޑުމެންނަށް ކުރިން ފެނިގެން ދިޔައީ ބަހާ ޢަމަލާ ދިމާ ނުވާނެ ކިތަން ވަރަކަށް ދިމާވާނެ ވިދާޅުވިޔަސް. ދެން މިހާރު މި ފެންނަނީ އޭގެ އިތުރު ތަފްސީލު. މި ފެންނަނީ އެ ވިދާޅުވި އެއްވެސް ކަމެއް އިންވެސްޓްމަންޓް ބޭންކެއް ގެންނަ ވާހަކަ ދެއްކީ. ކޮބައިތޯ އިންވެސްޓްމަންޓް ބޭންކް ސަޢީދު ކުރިން އައްސަވާބައްލަވާ.ކުރީގެ ރައީސް އަބްދުﷲ ޔާމިން
ޔާމީން ވިދާޅުވީ މި ސަރުކާރުން ހުޅުވަން އުޅުނު އިންވެސްޓްމަންޓް ބޭންކް ހުރީ ފިނޭންސް މިނިސްޓްރީގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އަދި ސަރުކާރުން ކުރާހާވެސް ކަމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ޔާމިން ވިދާޅުވިއެވެ.