ކ. މާލެ
|
30 ޑިސެންބަރ 2024 | ހޯމަ 09:18
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބްލޫސްގެ  ކޭޕީ ޗަންދްރަސިރީ
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބްލޫސްގެ ކޭޕީ ޗަންދްރަސިރީ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޤައުމީ ވޮލީބޯޅަ ލީގު
ވާދަވެރި ކުޅުމަކަށްފަހު ބްލޫސް އިން ޕޮލިސް ބަލިކޮށްފި
މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. ނަމަވެސް ބްލޫސް ފޯ ވޮލީބޯލް އިން ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެން މެޗުން މޮޅުވެފަ އެވެ.

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ބްލޫސް ފޯ ވޮލީބޯލް މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ބްލޫސް ފޯ ވޮލީބޯލް އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. ނަމަވެސް ބްލޫސް ފޯ ވޮލީބޯލް އިން ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެން މެޗުން މޮޅުވެފަ އެވެ. ލީގުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-22 އިންނެވެ. އަދި ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ. ބްލޫސް ފޯ ވޮލީބޯލް އިން ވަނީ ތިން ވަނަ ސެޓުގައި ރަނގަޅަށް ކުޅެ، 20-25 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ. އަދި ހަތަރު ވަނަ ސެޓު 23-25 އިން ކާމިޔާބުކޮށް ސެޓުގެ ގޮތުން ހަމަހަމަ ކުރި އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ބްލޫސް ފޯ ވޮލީބޯލް އިން ކާމިޔާބު ކުރީ 09-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލޫސް ފޯ ވޮލީބޯލްގެ ބިދޭސީ ކުޅުންތެރިޔާ ކޭޕީ ޗަންދްރަސިރީ އެވެ.

ލީގުގައި ފޮލިސްގެ ތިން ވަނަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އަދި ބްލޫސް ފޯ ވޮލީބޯލްގެ ތިން ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނިކުންނާނީ ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް