ކ. މާލެ
|
23 ޑިސެންބަރ 2024 | ހޯމަ 09:09
އަލް-ބުރެއިޖު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި އެތައް ބަޔަކު ވަނީ ޝަހިދުވެފައި އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުން ހިމެނޭ
އަލް-ބުރެއިޖު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި އެތައް ބަޔަކު ވަނީ ޝަހިދުވެފައި އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުން ހިމެނޭ
ގެޓީ އިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ހަނގުރާމައިގެ ހުރިހާ ގާނޫނެއް މުގުރައިފި
އަންރުވާ ގެ ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ ކޮންމެ ހަނގުރާމަ އެއްގައި ވެސް ތަބާވާން ޖެހޭ ގާނޫނާއި ގަވައިދު ހުންނަ ކަމަށާއި މިއިން ކޮންމެ ކަމެއް އިސްރާއީލުން މުގުރާފައިވާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން ހަނގުރާމައިގެ ހުރިހާ ގާނޫނެއް މުގުރައިފި ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ އޭޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ-ޖެނެރަލް، ފިލިޕް ލަޒަރީނީ ވިދާޅުވެއެޖއެވެ.

ލަޒަރީނީ، ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ 14 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވީ ނަސްލު ނައްތާލުމުގެ ހަމަލާތަކުގައި ހަނގުރާމައިގެ ހުރިހާ ގާނޫނުތަކެއް މުގުރާފައިވާ ކަމަށެވެ.

"ކޮންމެ ހަނގުރާމައެއްގައިވެސް ތަބާ ވާން ޖެހޭ ގާނޫނާއި ގަވައިދު ހުރެއެވެ. އެ ހުރިހާ ގާނޫނު ތަކާ ޚިލާފު ވެއްޖެއެވެ،" ލަޒަރީނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

"ސްކޫލުތަކާއި ހޮސްޕިޓަލުތަކަށް ހަމަލާދިނުން ވަނީ އާންމު ކަމަކަށް ވެފައިވެއެވެ. ދުނިޔެ މިކަމަށް އެއްގޯސްވެގެން ނުވާނެއެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އަންރުވާގެ ކޮމިޝަނަރ-ޖެނެރަލް އިތުރަށް ފާހަގަކުރެއްވީ "ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުން މާ ދިގުލާ ހިނގައްޖެ،" ކަމަށެވެ.

- ކޮމެންޓް