ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 10:19
ޖަބާލިޔާގެ އަލް-ނަޒްލާ ގައި ހުރި ގެއަކަށް ބޮން އެޅުމުން ބޮޑެތި ޒަޚަމްތަކަކާއެކު މަރުވި ތުއްތު ކުއްޖެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންނަނީ
ޖަބާލިޔާގެ އަލް-ނަޒްލާ ގައި ހުރި ގެއަކަށް ބޮން އެޅުމުން ބޮޑެތި ޒަޚަމްތަކަކާއެކު މަރުވި ތުއްތު ކުއްޖެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންނަނީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ގައި އާންމުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ބޮން އަޅާ އެތައް ބަޔަކު ޝަހީދު ކޮށްލައިފި
އިސްރާއީލުން ދެމުންދާ ރަހުމެއް ނެތް ހަމަލާތަކުގައި ޝަހީދު ވި މީހުންގެ އަދަދު މިހާރު ވަނީ 45،206 ށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން.

ޣައްޒާ ގައި އާންމުން ދިރިއުޅޭ ގެއަކަށް ބޮން އަޅާ އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ޣައްޒާ ގައި އާންމުން ދިރިއުޅޭ ގެއަކަށް އިސްރާއީލު ސިފައިން ބޮން އަޅާ އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާ ގައި ޖަބާލިޔާ އަލް-ނަޒްލާ ސަރަހައްދުގައި ހުރި މި ގެއަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 10 މީހުން ޝަހީދު ވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެސް ވަފާ ނިއުސް އެޖޭންސީން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ރަހުމެއް ނެތް ހަމަލާތަކުގައި ޝަހީދު ވި މީހުންގެ އަދަދު މިހާރު ވަނީ 45،206 ށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު 107،512 އަށް ވަނީ އަރާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދު ވީ މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

- ކޮމެންޓް