އިސްރާއީލުން އުތުރު ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމުން 65،000 އާއި 75،000 ދެމެދުގެ އަދަދުގެ މީހުން 'ދިރިތިބުމަށް' ނުރައްކާވެފައިވާ ކަމަށް އދ އިން ބުނެފިއެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ނޮވެމްބަރު 25 އާ ހަމައަށް އދ އިން އުތުރު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް 91 ފަހަރު މަސައްކަތް ކުރި އިރު އޭގެ ތެރެއިން 82 ފަހަރު އިސްރާއީލުގެ އިދާރާތަކުން މަސައްކަތް ހުއްޓުވާފައިވާ ކަމަށް އދ އިން ބުނެއެވެ.
އެހީ ފޯރުކޮށް ދިނުމުގެ ހުއްދަ އަށް އެދުމުން، އިސްރާއީލުން 82 ފަހަރު ހުއްދަ ނުދިނުމުގެ އިތުރުން، ޣައްޒާގެ އުތުރަށް އިންސާނީ އެހީ ގެންދިއުމަށް ކުރެވުނު އިތުރު 9 މަސައްކަތަށްވެސް އިސްރާއީލުން ހުރަސް އަޅާފައިވެއެވެ. މި ސަރަޙައްދަކީ 50 ދުވަހަށް ވުރެ ގިނަ ދުވަހު އިސްރާއީލުގެ ސިފައިންގެ ހިޞާރުގެ ދަށުގައި އޮތުމުގެ އިތުުރުން ހުއްޓުމެއްނެތި އިސްރާއީލުން ބޮންއަޅަމުން ގެންދާ ސަރަޙައްދެކެވެ.
"އެތަނުގައި ދިރިއުޅޭ ކަމަށް ލަފާކުރެވޭ 65،000 އާއި 75،000 ދެމެދުގެ މީހުންގެ ދިރިތިއުޅުމުގެ ޙާލަތު ދަނީ ދަށަށް" ކަމަށް ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ ގެ އޭޖެންސީ އިން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވެއެވެ.