ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 00:19
މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގެ މަންޒަރެެއް
މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގެ މަންޒަރެެއް
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ގޯސްވުން
ކޮޅިގަނޑެއްގެ ސަބަބުން މިއަންނަ ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް އޮފީސް
ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި ކޮޅިގަނޑެއް އުފެދިފައިވޭ
ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވޭ
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ

އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މިއަންނަ ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ކޮޅިގަނޑު ދަތުރު ކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގުއުތުރުން އިންޑިއާގެ ޓެމިލްނާޑް- ސްރީލަންކާ އައްސޭރިފަށާއި، ދިމާލަށް ކަމަށެވެ.

މީގެއިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާއި، ދުރުން ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާއި ގުޅިގެން 27 ނޮވެންބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާއްމު ވައިބާރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އާއްމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް އެއިދާރާއިން ބުނެއެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުން ޚާއްސަކޮށް، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް