ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 20:14
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ ތެރެއިން
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ ތެރެއިން
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން ގޯތި ދޫކުރުން
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
ގުޅީފަޅުގެ ބިން ހިއްކަން 100 އާއި 150 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ބެލެވޭ
ގުޅިފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް މިހާތަނަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށް ސަރުކާރުން ބުނޭ

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނީ ފަޅުންކަމަށް ބުނެ ފާޑުކިޔުމަށް ފަހު މި ސަރުކާރުން ވެސް ގުޅީފަޅުގެ ފަޅުން ގޯތި ދިނުމަށް ނިންމާ ގުރުއަތުލުމުގެ މަރުހަލާ ފަށައިފިއެވެ.

އަންގާރަ ދުވަހު އެ ގުރުއަތުލުން ކުރިއަށް ދިޔަ އިރު އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ގުރުއަތުލުން ކުރިއަށް ދާ ގޮތާއި މެދު އެބަހުއްޓެވެ. 1،300 އަށްވުރެ ގިނަ ގޯތި ދޫކުރަން ފަށާފައި ވާއިރު އެކަމަށް ބޭނުންވާ ފައިނޭންސް ހަމަ ނުޖެހޭތޯ އާއްމުން ދަނީ ސުވާލު ކުރަމުންނެވެ. އަދި މި މަސައްކަތް ނިމޭނެ ވަގުތެއް ސަރުކާރުން ސާފުކޮށް ނުދޭތީ އެކަމާއި މެދު ސަރުކާރަށް އާއްމުން ކުރިމަތިކުރުވާ ސުވާލުތަކަށް ވެސް ޖަވާބެއް ނުދެއެވެ. ހައުސިންގ މިނިސްޓްރީން ބުނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ މީހުންގެ އިތުރުން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު މީހުންގެ މެދުގައި 4 ޖޫން 2024 ގައި ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ މީހުންގެ މެދުގައި ގުރުނެގުން އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ކުރިއަށް ގެންދާ އިރު އެ މަރުހަލާ ދެފުށްފެންނަ ގޮތަށް ނުދާކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެގޮތުން ގުރުން ލިބުނު ނަންބަރު ނޫން އެހެން ނަންބަރުތައް ފޯނަށް މެސެޖު އައުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. ގޯތި ލިބުނު މީހުންގެ ބަދަލުގައި އެމީހުންނަށް މިނިސްޓްރީގެ މުވައްޒަފުން ގުރުނަގާދޭތީ އެކަމާއި މެދު އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުރުއަތުލާ އިރު ނަމްބަރު ނޭނގޭތީ ވެސް އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

ކަނޑުންނާއި ފަޅުން ދޭ ތަންތަނަށް ގޯއްޗެކޭ ނުކިޔޭނެ ކަމަށް ބުނެ ހައުސިން މިނިސްޓަރ ހައިދަރު ވެސް ވަނީ ކުރިން ފާޑު ވިފާޅުވެފައެވެ. ޑރ. މުއިއްޒުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ގުޅިފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް މިހާތަނަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށް ސަރުކާރުން ބުނެއެވެ. އެ މަސައްކަތަށް 100 އާއި 150 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް