ކ. މާލެ
|
26 އޮކްޓޯބަރ 2024 | ހޮނިހިރު 05:54
ޮޮާއެކްސިޑެންޓްވި ލޯންޗް
ޮޮާއެކްސިޑެންޓްވި ލޯންޗް
ސޯޝިއަލް މީޑިއާ
ލޯންޗު އެކްސިޑެންޓް
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓް - 12 މީހަކަށް ވަނީ އަނިޔާވެފައި
އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ގުޅީފަޅު ކައިރީގައި ދެ ލޯންޗް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ އަދަދު 12 އަށް ވަނީ އަރާފައެވެ.

ފުލުހުން ބުނެފަިއ ވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހުކުރު ދުވަހުގެ ރޭގެ 19:34 އެހާކަންހާއިރު ކަމަށެވެ.

އަދި އެންމެ ފުރަތަމަ މި ހާދިސާގައި ފުރަތަމަ ހަތަރު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ފަހުން ފުލުހުން ވަނީ 12 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ 12 މީހުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ބުނެފައެވެ.

އެެންނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތުހުގީގުކުރަމުންނެވެ.

- ކޮމެންޓް