ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 13:01
ކޭޝް ކާޑަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނުން
ކޭޝް ކާޑަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނުން
ޕޮލިސް
ކޭޝް ކާޑަކުން ވައްކަން ކުރުން
ކޭޝް ކާޑަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނުން ހައްޔަރުކޮށްފި
ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވޭ
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނުން ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ލައިފް، 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އަދި ލ.ގަން، ތުނޑި، ނޯތް ހެވަން 24 އަހަރުގެ ހަމްދޫން ހަލީލް އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން މާމެންދޫ ބީއެމްއެލް އޭޓީއެމް އިން ފައިސާ ނަގާފައިވާ މައްސަލަ 23 އޮކްޓޫބަރު 2024 ވަނަ ދުވަހު ރޭގަނޑު 8:13 އެހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫ އިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމީހުން ދަތުރުކުރި ލޯންޗު ބަލާފާސްކުރިއިރު އެ ކޭޝް ކާޑު ބޭނުން ކޮށްގެން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، އޮންލައިން ކޮށް ކުރާ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ. ސްކޭމްގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުމަށް ވެސް ފުލުހުން އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.


Advertisement
- ކޮމެންޓް