ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 10:00
އިޒްރޭލުގެ ޓެންކެއް (ފައިލް ފޮޓޯ)
އިޒްރޭލުގެ ޓެންކެއް (ފައިލް ފޮޓޯ)
އޭއެފްޕީ
އިޒްރޭލް - ލުބުނާން ހަނގުރާމަ
ހިޒްބުالله އިން އިޒްރޭލުގެ އިތުރު ޓޭންކަކަށް ހަމަލާދީފި
ހިޒްބުالله އިން ބުދަ ދުވަހު ބުނެފައިވަނީ، އިޒްރޭލުން ފާއިތުވި މަހުން ފެށިގެން ލުބުނާނަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން ބޯޑަރު ކައިރީގައިވާ އިޒްރޭލުގެ އިތުރު ޓޭންކަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ.

ލުބުނާނަށް ވަދެ އުޅުނު އިޒްރޭލުގެ ސިފައިންނާ ކުރިމަތިލުމަށްފަހު، މިސައިލް ހަމަލާއެއް ދީ އިޒްރޭލުގެ އިތުރު ޓޭންކެއް ގޮއްވާލާފައިވާ ކަމަށް ހިޒްބުالله އިން ބުނެފިއެވެ.

ހިޒްބުالله އިން ބުދަ ދުވަހު ބުނެފައިވަނީ، އިޒްރޭލުން ފާއިތުވި މަހުން ފެށިގެން ލުބުނާނަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން ބޯޑަރު ކައިރީގައިވާ އިޒްރޭލުގެ އިތުރު ޓޭންކަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ.

އަނެއްކޮޅުން، ސީރިއާގެ ސަރުކާރު މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހު ސީރިއާގެ މެޑިޓަރޭނިއަން ކަނޑުގެ ޕޯޓް ސިޓީ ލަޒަކިއާއަށް އަމާޒުކޮށް އިޒްރޭލުން ވަނީ އިތުރު ހަމަލާއެއް ދީފައެވެ.

މީގެ އިތުރުން ލުބުނާނުގެ ދެކުނުގައި ހުރި އދ.ގެ ވަގުތީ ބާރުން ބުނާ ގޮތުގައި، އިޒްރޭލުގެ ޓޭންކަކުން އެމީހުންނަށް އަމާޒުކޮށް "ސީދާ އަދި ގަސްތުގައި ކަމަށް ބެލެވޭ ގޮތަށް" އަނެއްކާވެސް ހަމަލާއެއް ދީފިއެވެ.

މިހަމަލާ ދީފައިމިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ސުލްޙަ އަށް މަސައްކަތްކުރާ ބާރުތައް "އިޒްރޭލުގެ އެދުމަށް އިޖާބަދީ، ވަގުތީގޮތުން ނުރައްކަލުގެ ތެރެއިން ނުކުތުމަށް،" ގޮވާލައްވާފައިވަނިކޮށެވެ.

އިޒްރޭލުން ވަނީ އދ ގެ ވަގުތީ ބާރުތަކުގެ މަރުކަޒުތައް ދޫކޮށް ދިއުމަށް އެމީހުންނަށް އަންގާފައިވެއެވެ.

ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށިފަހުން ގާތްގަނޑަކަށް 2,350 މީހުން ވަނީ މަރުވެފައެވެ. ހަމައެއާއެކު، ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މުޅި ޤައުމުގައި މަދުވެގެން 1,740 މީހުން މަރުވެފައިވާ ކަމަށާއި، ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް