ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 18:49
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން
ރާއްޖެއެމްވީ
ކަރެކްޝަންސް އޮފިސަރުންގެ މައްސަލަ
ޖަލު އޮފިސަރުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް
3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމާފައިވޭ
އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ވަދެފައިވޭ
ޝަރުތުތަކުގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުން ހިމެނޭ

ޖަލަށް ފޯނާއި ޑްރަގާއި އެހެނިގެން ސާމާނު ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދައުލަތުގެ އިއުތިރާޒެއް ނެތްކަމަށް ދައުލަތުން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ހިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގެއް ހިންގައި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 2024 އޮގަސްޓު 22 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހު އަބްދުއްރަހީމް އާއި ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގުއެވެ.

ޕީޖީ އޮފީހުން ބުނީ، އޭގެ ތެރެއިން 3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. އެއީ އަލީ ނާޒިމް، ތަރާނާގެ/ހދ. ނޭކުރެންދޫ، މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި، އަދި އަލީ އަޝްފާގު، ކާމިނީގެ/ނ. ލަންދޫއެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބަންދު މުރާޖާކުރުމަށް ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ މި މައްސަލައިގައި ހިމެނޭ ޒަޔާން ބަންދުކުރި ކުރުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޭނާ މިނިވަން ވެފައިވާ ކަމަށް ފާހަގަކޮށްފައެވެ. އަދި އޭނާ މިނިވަންވެފައިވަނީ މާފުށީ ކޯޓަށް ހާޒިރުނުކޮށް ކްރިމިނަލް ކޯޓަށް ގެނައުމުން ކަމަށް ދިފާއީ ވަކީލު ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އޭނާގެ މުވައްކިލުން ވެސް ބަންދުން ދޫކޮށްލުމަށް ވަނީ އެދިފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ޝަރީއަތް ނިނެންދެން ބަންދުކޮށްފައި އޮތް އޮތުން ބަދަލުކޮށް އެމީހުން ދޫކޮށްލުމަށެވެ. ނަމަވެސް ދޫކޮށްލާނީ ޝަރުތުކުރުމަށްފަހުގައި ކަމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް ދައުލަތުން ވަނީ އެދިފައެވެ. އެއީ ރާއްޖެ ދޫކޮށް ފިލައި ގޮސްދާނެކަމުގެ ބިރު އޮތުމުންނެވެ.

ދައުލަތުން ޝަތުރުކުރުމަށް އެދުނު ކަންކަމުގެ ތެރޭގައި އެ މީހުން ޝަރީއަތަށް ހާޒިރުވާނެ ކަން ޔަގީންކުުރުމަށާއި ޝަރީއަތަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގއަި ބައި އޮންނާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް