ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 13:01
ރުހުން ހޯދުމަށް ފޮނުވާފައިވާ ވަޒިރުން
ރުހުން ހޯދުމަށް ފޮނުވާފައިވާ ވަޒިރުން
ރައީސް އޮފީސް
ވަޒީރުންނަށް ރުހުންދިނުން
ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 30ގައި ވަޒީރުންގެ މަޖިލީހަށް ގެންނަވާފައިވާ ބައެއް ބަދަލުތަކާއި ގުޅިގެން
ވަޒީރުންގެ މަޤާމުތަކަށް ރައީސް ބަދަލުތަކެއް ގެންނަވާފައި ވަނީ އޭރު ފިނޭންސް މިނިސްޓަރކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނެސް, އަލުން ވަޒީރުކަމަށް އައްޔަންކޮށްފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފިއެވެ.

އެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ފޮނުވާފައި ވަނީ ހޯމަ ދުވަހުއެވެ.

އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 30ގައި ވަޒީރުންގެ މަޖިލީހަށް ގެންނަވާފައިވާ ބައެއް ބަދަލުތަކާއި ގުޅިގެންނެވެ.

އެ ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސެޕެޓެމްބަރ މަހު ފޮނުވާފައެވެ. އެހެންނަމަވެސް އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކުރެވި އޮތީ މަޖިލިސް ޗުއްޓީގައި އޮތުމުގެ ސަބަބުންނެވެ.

ވަޒީރުންގެ މަޤާމުތަކަށް ރައީސް ބަދަލުތަކެއް ގެންނަވާފައި ވަނީ އޭރު ފިނޭންސް މިނިސްޓަރކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝަފީގު އިސްތިއުފާދެއްވި ސަބަބު އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަދި ސަރުކާރުން ވެސް އެކަމާއި ގުޅޭ ތަފްސީލެއް މިހާތަނަށް ވެސް ހާމަކޮށްފަ އެއް ނުވެއެވެ.

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރަކަށް ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އައްޔަންކުރުން ހިމެނެއެވެ. އަދި ފޮރިން މިނިސްޓަރަކަށް އައްޔަނުކުރެއްވީ ކުރިން ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު އެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ވަނީ އައްޔަންކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް