ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 12:25
މެޗުގައި ލަނޑު ޖެހުމަށްފަހު ސާބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސާބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ
ސްވިޒަލެންޑު އަތުން ހޯދި މޮޅާއެކު ސާބިއާ އޮތީ ތިން ވަނައިގަ އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ހަތަރެއްގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްވިޒަލެންޑު ބަލިވީ 2-0 އިންނެވެ. އޭގެ ކުރިން ސްޕެއިން އަދި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސްވިޒަލެންޑު ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާބިއާ އަށް ކުރި ލިބުނީ ސްވިޒަލެންޑުގެ ނިކޯ އެލްވެޑީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައިފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސާބިއާގެ ދެ ވަނަ ލަނޑު ޖެހީ އެލެކްސެންޑާ މިޓްރޮވިޗް އެވެ. މެޗުގައި ލަނޑު ޖެހުމަށް ސްވިޒަލެންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރީލް އެމްބޯލޯ އަށެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް، ކާާމިޔާބެއް ނުވި އެވެ.

ސްވިޒަލެންޑު އަތުން ހޯދި މޮޅާއެކު ސާބިއާ އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެފަ އެވެ. ސްވިޒަލެންޑު އޮތީ ތިން މެޗުން ވެސް ބަލިވެ، ގުރޫޕުގެ ފުލުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް