ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 12:24
މެޗުގައި ލަނޑު ޖެހުމަށްފަހު ޒުބިމެންޑީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޒުބިމެންޑީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
މޮޅާއެކު ސްޕެއިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕް ހަތަރެއްގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސްޕެއިން އިން ލަނޑު ޖެހީ ވެސް ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ސްޕެއިން އިން ވަނީ ލަނޑު ޖަހަން މަސައްކަތްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ އަލްވާރޯ މޮރާޓާ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. މެޗުގައި ސްޕެއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ޑެންމާކުގެ ގޯލު ކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. މެޗުގައި ސްޕެއިންގެ ހަމައެކަނި ލަނޑަކީ، މެޗުގެ 79 ވަނަ މިނެޓުގައި މާޓިން ޒުބިމެންޑީ ޖެހި ލަނޑެވެ.

މޮޅާއެކު ސްޕެއިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ޑެންމާކަށް ލިބެނީ ހަ ޕޮއިންޓެވެ. އެ ޓީމު ދެ މެޗުން މޮޅުވެފައިވާއިރު، ބަލިވީ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް