ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 16:01
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން
މާރުކޭޓުން ވައްކަންކުރި މައްސަލަ
ކުށުގެ ރިކޯޑު އޮތް ޒުވާނެއް މާރުކޭޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުކޮށްފި
އަނޫފް ވަނީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފައި
ސީނަށް ދިޔަ ފުލުހުން ވަނީ ހާދިސާ ރިޕޯޓާއި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހުށަހަޅާފައިވޭ

ކުށުގެ ރިކޯޑު އޮތް ޒުވާނެއް މާރުކޭޓުން ވައްކަން ކޮށްގެން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރު، ސާތީގެ، 27 އަހަރުގެ އަނޫފް އަބްދުއްޣަނީ އެވެ. ހުކުރު ދުވަހު އޭނާ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބު ކަމަށް ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުން ވަނީ ހާދިސާ ރިޕޯޓާއި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހުށަހަޅާފައިވެއެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ދަށުންނެވެ.

އަނޫފް ވަނީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބުނެފައިވަނީ 4 ފުޅި ދިޔާހަކުރު ގެންގުޅުނު ކަމަށާއި، ނަމަވެސް އެއީ ވަރަށް ނެގި އެއްޗެއް ނޫން ކަމަށެވެ. އަދި ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ އޭނާއަށް ފެނިގެން އެފުޅިތައް ނެގީ ކަމަށް ބުނެފައިވެއެވެ. ސީނުގައި ތިބި ފުލުހުންގެ ގާތުގައި ބުނެފައިވަނީ ޕިކަޕެއްގެ ދަށުން އޭނާ ނެގި 4 ފުޅި ދިޔާ ހަކުރު ކަމަށެވެ.

މީގެ އިތުރުން އަނޫފް ވަނީ ޕްލާސްޓިކް ސަރޖަރީއެއް ހަަދަންޖެހިފައިވާ ކަމަށާއި، މިފެށޭ ހަފްތާއަށް އެޕޮއެންޓްމަންޓް ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މެޑިކަލް ޑޮކިއުމަންޓް ލިބިފައިނުވާ ކަމަށް (އިންވެސްޓިގޭޓިވް އޮފިސަރ)އަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި އަނޫފް ބަންދުކޮށްފައިވެއެވެ. މިމައްސަލާގެ ވެސް ތުހުމަތު ކުރެވޭއިރު، މާރުކޭޓްގެ 154 ނަންބަރު ގޮޅި ބަލަހައްޓާ މީހާ 4 ފުޅި ދިޔާ ހަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް