ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 11:57
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ގުޅުން ކޮންފަރެންސް
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދުން
ޚަބަރުގެ އޯޑިއޯ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެންސް ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ފެށިއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ 5 ސިޓީގެ މޭޔަރުންނާއި، ހއ، ހދ އަދި ށ. އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުން ހިމެނޭ ގޮތަށް ޖުމުލަ 80 މީހުން ބައިވެރިވެއެވެ.

އެމްޑީޕީން މި ކޮންފަރެންސް ބާއްވަނީ މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލަމުންދާ ކަމަށް ބުނެ އެކަން ކަން އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލުމުގެ ބޭނުމުގައެވެ.

މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށްވާއިރު، އެމްޑީޕީން ބުނާ ގޮތުގައި މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލަން ފުރުސަތު ނުދިނުން ހިމެނެއެވެ.

މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މާލޭ މޭޔަރު އާދަމް އާޒިމް، އައްޑޫ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު، ތިނަދޫ މޭޔަރު ސައުދު އަލީ އަދި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ސަރުކާރުން މިހާރު އަމަލުކުރާ ގޮތްތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ކޮންފަރެންސްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް އެމްޑީޕީން ވަނީ ރާވާފައެވެ.

Advertisement

Advertisement
- ކޮމެންޓް