ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 06:13
ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ފުނޑުފުނޑުވެފައި
ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ފުނޑުފުނޑުވެފައި
އަނަދޮލޫ
ޣައްޒާ ހަނގުރާމަ
ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާދީ 22 މީހުން މަރާލައިފި
އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 42،126 ށް މުރެ މައްޗަށް ގޮސްފައި
ޚަބަރުގެ އޯޑިއޯ

ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުކުރު ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 22 މީހުން މަރުވެއްޖެއެވެ.

މަންޒަރުދުށް މީހުން ބުނެފައިވާ ގޮތުގައި ހަމަލާގެ ބާރުގަދަ ކަމުން މުޅި ސަރަހައްދުގެ ބިންގަނޑަށް ވަރުގަދަ ލޮޅުމެއް އަރައިގެން ދިޔައެވެ.

އިންސާނިއްޔަތައްޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޑޮކްޓާރސް ވިތައުޓް ބޯޑާރސް އިން ބުނެފައިވާ ގޮތުގައި ޖަބާލިއާގައި އެތައް ހާސް ފަލަސްތީނުގެ ރެފިއުޖީން ވަނީ އިޒްރޭލުން އެ ސަރަހައްދު ހިސޯރުކުރުމުގެ ސަބަބުން ތާށިވެފައެވެ.

އަނެއްކޮޅުން ޖަބާލިއާ އަށް އިޒްރޭލުން ހަމަލާދޭތާ ހަފްތާއަކަށް ވުރެން ގިނަ ދުވަސްވެފައިވުމާއެކު މުޅި ސަރަހައްދު ވަނީ ފުނޑުފުނޑުވެ އިންސާނުންނަށް ދިރިނޫޅެވޭ ފަދަ ތަނަކަށް މުޅި ސަރަހައްދު ބަދަލުވެފައެވެ. އިޒްރޭލުން ވަރުގަދަ ހަމަލާތައް ހުއްޓުމެއްނެތި ނޭތީ އެ ސަރަހައްދުން މަޖުބޫރީ ހާލަތުގައި އެތައް ހާސް ބަޔަކު ވަނީ ނުކުމެގެން ކޮންމެވެސް އެހެން ދިމާލަކަށް ހިޖުރަކޮށްފައި ކަމަށްވެސް ޑޮކްޓާރސް ވިތައުޓް ބޯޑަރަސް އިން ބުނެއެވެ.

ޣައްޒާ އަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 42،126 ށް މުރެ މައްޗަށް ގޮސްފައެވެ. މިހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 98،117ށް ވުރެ އިތުރުވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް