ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 14:55
2023 ސެޕްޓެންބަރު މަހުގެ 20 ގައި ނިއު ޔޯކް ގައި ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ ސައިޑްލައިން އިވެންޓެއްގައި، އެމެރިކާގެ ރައީސް (ކ) އާޢި އިޒްރޭލުގެ ބޮޑުވަޒީރު
2023 ސެޕްޓެންބަރު މަހުގެ 20 ގައި ނިއު ޔޯކް ގައި ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ ސައިޑްލައިން އިވެންޓެއްގައި، އެމެރިކާގެ ރައީސް (ކ) އާޢި އިޒްރޭލުގެ ބޮޑުވަޒީރު
ރޮއިޓާސް
އިޒްރޭލް-އެމެރިކާ ގުޅުން
އިޒްރޭލަށް އަބަދުވެސް އެހިތެރިވާނެ ކަމުގެ ޔަޤީންކަން ބައިޑްން ނަތަންޔާހޫއަށް ދެއްވައިފި
ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖީން-ޕިއޭރް މި މަޝްވަރާ ސިފަކުރައްވާފައިވަނީ 'ސީދާ' އަދި 'އުފެއްދުންތެރި' ފޯން ކޯލެއް ގޮތުގައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ޣައްޒާ އަދި ލުބުނާން ގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލަށް އަބަދުވެސް އެހިތެރިވާނެ ކަމުގެ ޔަޤީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެއްވައިފިއެވެ.

ވޮޝިންގްޓަން ޕޯސްޓް އިން ބުނާ ގޮތުގައި، މި ދެ ލީޑަރުން 30 މިނެޓު ވަންދެން ފޯނުން ގުޅައި މަޝްވަރާކުރެވުނު ކަމަށާއި، މިއީ މިދިޔަ އޯގަސްޓް މަހުން ފެށިގެން ކުރެވުނުކަމަށް ރަސްމީކޮށް ހާމަކުރެވުނު ފުރަތަމަ ފޯނު މަޝްވަރާކަމަށެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސް ވެސް މި ފޯނު މަޝްވަރާގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސް ބައިޑްން ވަނީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާގެ ފަރާތުން ދެމުންގެންދާ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޮކްޓޯބަރު 1 ވަނަ ދުވަހު އިޒްރޭލާ ދެކޮޅަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާ ރައީސް ބައިޑެން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖީން-ޕިއޭރް މި މަޝްވަރާ ސިފަކުރައްވާފައިވަނީ 'ސީދާ' އަދި 'އުފެއްދުންތެރި' ފޯން ކޯލެއް ގޮތުގައެވެ.

މި ދެ ލީޑަރުންގެ މެދުގައި ފޯނު މި މަޝްވަރާކުރެވިފައި މިވަނީ ފާއިތުވި ހަފުތާގައި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށް އިޒްރޭލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް