ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 18:28
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
މުއިއްޒު އިތުރުފުޅެހެއްދެވުން
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
އަބަދުމެ އަބަދު ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކަށްވުމަށް ހަނދާންކޮށްދެއްވުމަކީ ރައީސް މުއިއްޒު ވަރަށް އަތްމަތިކޮށް ގެންގުޅުއްވާ ލަފްޒުތަކެއް
ދެ މަހަލްއެއްގައި އެއްކަމަކާއި ބެހޭ ގޮތުން ދެގޮތަކަށް ވާހަކަފުޅުދައްކަވާ

ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް ފްރަންޓް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އިންޑިއާއަށް ފުރާ ވަޑައިގަތީ ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދެއްކެވިތާ ދެދުވަހެއްގެ ތެރޭގައި ކަމަށެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ނަންގަވައިދެއްވި ފިލާވަޅަކީ ބަހާއި އަމަލާއި ދިމާވުމަކީ އިސްލާމްދީނުގައި ކިހާވަރެއްގެ ކަމެއްކަން ކަމަށެވެ. އަދި އެމީހާގެ ނިޔަތް ހާލިސްކޮށްގެން ދޮގު ނަހަދާ ތެދުބަހުން ވާހަކަ ދެއްކުމާއި، އަދި އޭގެ ފަހުން މީޑިއާތެރޭގައި ފެތުރެމުންދާ ދޮގުތަކާހެދި ސަރުކާރަށް ލޮޅުން އަރައި ހިންގަންދަތިވާ ވާހަކައާއި، ދޮގު ހެދުމަކީ ކިހާވަރެއްގެ ކަމެއްކަން ހަނދާންކޮށްދެއްވުމަށްފަހުގައި ފުރާ ވަޑައިގެންނެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަބަދުމެ އަބަދު ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކަށްވުމަށް ހަނދާންކޮށްދެއްވުމަކީ ރައީސް މުއިއްޒު ވަރަށް އަތްމަތިކޮށް ގެންގުޅުއްވާ ލަފްޒުތަކެއް ކަމަށެވެ. ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ހަނދުމަފުޅު ނެތީކަމެއް ނުވަތަ ބައިޕޯލާކަމެއް އެނގިވަޑައިނުގަނަންވާ ކަމަށާއި، ނަމަވެސް ދެ މަހަލްއެއްގައި އެއްކަމަކާއި ބެހޭ ގޮތުން ދެގޮތަކަށް ވާހަކަފުޅުދައްކަވާ ކަމަށެވެ. އަދި ވަޑައިގެންނެވީ ދޮގު ނުހެދުމަށާއި، ދޮގު ހެދުމުން ކަންކަން ވާގޮތަށް ކިޔައިދެއްވާފައި ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ފުރާވަޑައިގަތުމުގެ ކުރިން ދެއްވީ ރަނގަޅު ނަސޭހަތެއް ކަމަށާއި، ނަމަވެސް ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އިންޑިއާއާއި ދެކޮޅު ސިޔާސަތެއް ގެންގުޅޭކަމާއި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެންނުޖެހޭނެކަމަށް ވަކާލާތުކުރުމަށްފަހު އެކަން އަނބުރާލަން މުއިއްޒު ކުރައްވާ މަސައްކަތްތަކާއި ގުޅިގެންނެވެ.

މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެކްސްގައި އިންޑިއާގެ ރައްޔިތުން ފޮނުވާފައި ހުރި އެއްޗެހި. ހެޔޮ ބަސްބުނި އެކަކުވެސް ނެތް. މަލާމާތްކުރުމާއި ފުރައްސާރަކުރުމާއި، އަދި އިންޑިއާއަށް ވަޑައިގަތުމުން އިހާނެތި ގޮތަކަށް ކަންކުރަން ބުނުމާއި، ހަމަ މިކަހަލަ ވާހަކަތަކެއް އެހުރީ. އިންޑިއާއަށް ވަޑައިގެންނެވި ސިޔާސީ ބޭފުޅުން އެއީ ސިޔާސީ ގޮތުން ސަރުކާރާއެކު އެދުދާންކުރައްވާ ބޭފުޅުން. އެ ބޭފުޅުން އެ ލިޔުއްވާ ވާހަކައިން އެބޭފުޅުން ރައްދުކުރައްވަން ބޭނުންފުޅުވަނީ އަޅުގަނޑުމެންނަށް ކަންނޭގެ. އަޅުގަނޑުމެން ކަންބޮޑުވާ މައުޟޫއަކަށް އެބޭފުޅުން ބަސްވިދާޅުވާކަށް ބޭނުންނުވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންޑިއާ މިލިޓަރީ އައުޓުގެ ވާހަކައަކީ އިންތިހާބު ކާމިޔާބުކުރުމަށް ހެދި އުކުޅެއްކަމަށް ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އަރިހުގައި މުއިއްޒު ވިދާޅުވިނަމަވެސް އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުގައި ދެއްކީ މުޅިން އެހެން ވާހަކަތަކެއް ކަމަށެވެ.

ޔާމީން ވިދާޅުވީ އަލްޖަޒިރާއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ އެންމެ މީހަކުވެސް ހުންނާކަށް ނޭދޭ ވާހަކަ ކަމަށެވެ. ދެން އެކިފަހަރު އެކި ތާރީހު ދެއްވަމުން އިންޑިއާ ސިފައިންދާނެ ވާހަކައާއި، މިހާރު ޔުނީފޯމަކު ނުތިބޭނޭ ކަމާއި، ގަމީސް ބާލާފައި ނުފުށުން ލައިގެން ތިބި ވާހަކައާއެކު، ދިވެހިންގެ ތެރޭގައި މި ބޭފުޅުންނަށް މަލާމާތް ރައްދުވާ ވަރަށް ސަރުކާރުން މިއޮތީ މިކަން ގެންދަވާފައި ކަމަށެވެ. ޔާމީން ވިދާޅުވީ މި ދަތުރުފުޅާއި ގުޅިގެން އުފާވާ ކަމަށެވެ. އެކަމަކު އެބޭފުޅުންނަށް އަސްލު މައްސަލައާއި ގުޅިގެން ވާހަކަދައްކަން ނުކުރޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް