ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 18:45
ބީއެމްއެލްއިން ރުޕޭ ކާޑް ބޭނުންކުރަން ފަށައިފި
ބީއެމްއެލްއިން ރުޕޭ ކާޑް ބޭނުންކުރަން ފަށައިފި
ބީއެމްއެލް
ރުޕޭކާޑް
ބީއެމްއެލް އިން ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފި
ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއްކަމަށްވާ ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކްއެވެ.

މި ހިދުމަތް ބޭނުންކުރަން ފެށިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ކުރެވުނު އެއްބަސްވުތަކުގެ ތެރެއިންނެވެ. ރުޕޭ ކާޑަކީ އިންޑިއާގެ ފުރަތަމަ ބައިނަލްއަޤްވާމީ ކާޑު ޕޭމަންޓް ނެޓްވޯކެވެ. މިއީ އިންޑިއާގެ އޭޓީއެމްތަކާއި، ޕީއޯއެސް މެޝިންތަކާއި، އަ އަދި އީ-ކޮމާސް ވެބްސައިޓްތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމެކެވެ. މިއީ ވަރަށް ރައްކާތެރި ނެޓްވޯކެއް ކަމުގައިވާއިރު، ފިޝިންގ (އޮޅުވާލުމުގެ) ޙަރަކާތްތަކުން ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ރުޕޭ ކާޑް ބޭނުންކުރުމާއި ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ އާއެކު ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރުޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭފަދަ ބޮޑު ބަދަލެއް އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ނެޓްވޯކްގައި، ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމާއެކު ރުޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 88 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 7000 އަށް ވުރެ ގިނަ މާރޗަންޓުންނާއި ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް