ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 09:42
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ކުޅުންތެރިންގެ ރޫޙާ މެދު ފްލިކް ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައި
ފްލިކް ބުނީ، ގިނަ ލަނޑުތަކެއް ޖެހުމަކީ ޓީމަށް އޮންނަ އިތުބާރު ވެސް ބޮޑުވާ ކަމެއް ކަމަށެވެ.

ބާސެލޯނާގެ ކުޅުންތެރިންގެ މެދުގައި އޮތް ރޫޙާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ތިން ޕޮޮއިންޓުގެ ލީޑު ހިފަހައްޓައިފަ އެވެ. މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެެމުންނެވެ.

ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިން މެދުގައި މިހާރު އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަމަށާއި، އެކަމާ މެދު އޭނާ ވަރަށް ބޮޑަށް ހަމަޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ބާސެލޯނާ އަށް އެތައް ފައިދާތަކެއް ވަމުންދާކަން ފާހަގަކުރަމުން ފްލިކް ބުނީ، ގިނަ ލަނޑުތަކެއް ޖެހުމަކީ ޓީމަށް އޮންނަ އިތުބާރު ވެސް ބޮޑުވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތް މެޗާ ކުރިމަތިލާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ވެސް ބޮޑު އިތުބާރެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ފްލިކް ވަނީ އެ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން ލަނޑު ޖެހުމުގައި އަބަދު ވެސް ލެވަންޑޯސްކީ އަށް ފުރިހަމަ އިތުބާރު އޮންނަކަމަށް ފްލިކް ބުންޏެވެ. އޭގެ އިތުރުން ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަކީ "ލީޑަރެއް"ގެ ގޮތުގައި ވެސް ފްލިކް ވަނީ ސިފަ ކޮށްފަ އެވެ. ރަފީނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އަންނައިރު، އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖެހުމަށް ލެވަންޑޯސްކީ އަށް ފުުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޚާއްސަކޮށް ރަފީނިއާގެ މަޤާމުގައި އޭނާ އަކީ ބާސެލޯނާ އަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ބާސެލޯނާ އިން ވަނީ ނުވަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އަށް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ނުވަ މެޗުން 24 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ވެސް ތާާވަލްގެ އެއް ވަަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް