ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 10:05
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ޕެލެސް އަތުން މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި
މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

ޕެލެސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޭގޯ ޖޮޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިވަޕޫލަށް ވަނީ ލިބިފަ އެވެ. މެޗުގައި ލަނޑު ޖެހުމަށް ޕެލެސް އިން ކުރި މަސައްކަތަށް ހުރަސްއެޅީ ލިވަޕޫލްގެ ގޯލު ކީޕަރު އެލިސަން އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ވަނީ އެލިސަން ބަދަލުކޮށްފަ އެވެ. އެއީ ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް