ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 12:09
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ފުރިހަމަ އިސްލާމަކަށްވުން
ފުރިހަމަ އިސްލާމަކަށް ނުވަތަ މުއުމިނަކަށް ވެވޭނީ ތިމާ ކުރާހާ ކަމަކާއި ބުނާހާ ބަހެއް ސީދާކުރެވިގެން - ރައީސް
ޝަހާދަތް ކިޔައިގެން ތިބި ތިބުން އޭގެ ހަގީގީ މާނައިގައި ފުރިހަމަކުރެވޭކަން ޔަގީން ކުރަންޖެހޭ
ދޮގާއީ ޣީބައާއި ފާސިގުން ގެންނަ ވާހަކައިގެ ކުރިން އޭގެ ދޮގު ތެދު ބެލުމަށް ކީރިތި ގުރުއާން އިރުޝާދުދޭ

އިސްލާމްކަމަކީ ހަމައެކަނި ދުލުކުރިން ބޭރުކޮށްލާ އަޑެއް ނޫން ކަމަށާއި، އެއާ ޚިލާފަށް އިސްލާމަކީ ނުވަތަ ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ ހަރުދަނާ އީމާނާއި ޞައްޙަ ޢަޤީދާގެ މައްޗަށް، ތިމާ ކުރާހާ ކަމަކާއި ބުނާހާ ބަހެއް ސީދާކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުންކަރާތްތަކާއި ވިޔާނުދާ އަމަލުކަތަށް އަރައިނުގަނެ އަދި އެފަދަ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތްކުރަންތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ވިދާޅުވީ މިފަދަ ސުވާލުތަށް އަމިއްލަ ނަފްސާ ނުކުރެވޭނަމަ ރާއްޖެ އިސްލާމްވި ދުވަހެއް ފާހަގަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސުވާލުތަކަށް ޖަވާބު ހޯދާ އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭނަމަ ޖަލްސާތައް ބާއްވާ ޒިނާތްތެރިކަން މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް ނެތްކަމަށެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެންދާއިރު، އެކަމަށް ފިކުރުކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ރޫހާނީ ވެށި އޮތީ ކިހިނެއްތޯ ދެނެގަންނަންޖެހޭ ކަމަށާއި، އަހުލާގި ސިފަތައް އޮތީ ކޮން ހާލަތެއްގައިކަން ބަލަންޖެހޭ ކަމަށެވެ. އަދި އިސްލާމްދީނަށް ޝަހާދަތް ކިޔައިގެން ތިބި ތިބުން އޭގެ ހަގީގީ މާނައިގައި ފުރިހަމަކުރެވޭކަން ޔަގީން ކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމްކަމަކީ ދުލުކުރިން ބޭރުކޮށްލާ އަޑެއް ނޫން ކަމަށާއި، އެއާ ހިލާފަށް އިސްލާމަކަށް، ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ އީމާނާއި، ސައްހަ އަގީދާގެ މައްޗަށް ތިމާ ކުރާހާ ކަމަކާއި، ބުނާހާ ބަހެއް ސީދާ ކުރެވިގެން ކަމަށެވެ.

ދޮގާއީ ޣީބައާއި ފާސިގުން ގެންނަ ވާހަކައިގެ ކުރިން އޭގެ ދޮގު ތެދު ބެލުމަށް ކީރިތި ގުރުއާން އިރުޝާދުދޭ. އިވޭ އިވުންތަކާއިމެދު މަސްއޫލުވުމަށް ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވޭ. ހަމަ އެހެންމެ ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ. އެފަދަ ބަހެއް ނުލިބިއްޖެއްޔާ ދެން އަންގަވަނީ އެއްޗެއް ނުބުނެ ހަނު ހުންނަން. ސަބަބަކީ އިސްލާމްދީނަކީ ސަލާމަތުގެ ދީނަށްވުމުން. ފަސާދައިގެ ދީނެއްކަމަށް ނުވުން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަމިއްލަ ނަފްސުގެ މައްޗަށް ވައުދުވެވަޑައިގަންނަވަންވީ، ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމާއި، އާޑަފުރައްސާރަތަކުގައި ބައިވެރިނުވާން އަޒުމް ކަނޑައެޅުމަށެވެ. އަދި މާތް ﷲ ދެއްވާފައިވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަ ނުކުރެއްވުމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް