ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 07:55
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމިރޭޓްސް ފްލައިޓަކުން ފަސިންޖަރުން ފައިބަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމިރޭޓްސް ފްލައިޓަކުން ފަސިންޖަރުން ފައިބަނީ
މޯލްޑިވްސް އިންސައިޑަރ
އެމިރޭޓްސް އެއަރލައިން
އެމިރޭޓްސް ފްލައިޓްތަކުން ވޯކީޓޯކީ އާއި ޕޭޖަރު މަނާކޮށްފި
މި މަނާކުރުން ވަނީ ޗެކްއިން ކުރާ ލަގެޖާއި ކެބިން ލަގެޖަށް ވެސް ހިމެނޭ ގޮތަށް ކަމަށް އެމިރޭޓްސް އިން ބުނޭ

އެމިރޭޓްސް ފްލައިޓްތަކުން ދަތުރުކުރާ ފަރާތްތަކުން ވޯކީޓޯކީ އާއި ޕޭޖަރު ގެންދިއުން މަނާކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އެމިރޭޓްސް އިން ނެރުނު ދަތުރުފަތުރާ ބެހޭ އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި، އެމިރޭޓްސް އެއަރލައިންއިން ވަނީ ދުބާއީއަށް އަންނަ، ދުބާއީން ފުރާ އަދި ދުބާއީ މެދުވެރިކޮށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއްގައި ޕޭޖަރު ނުވަތަ ވޯކީޓޯކީ ގެންދިއުން މަނާކޮށްފައެވެ. 

މި މަނާކުރުން ވަނީ ޗެކްއިން ކުރާ ލަގެޖާއި ކެބިން ލަގެޖަށް ވެސް ހިމެނޭ ގޮތަށެވެ.

މަނާކުރެވިފައިވާ އެއްވެސް އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް ދުބާއީ ފުލުހުން އަތުލާނެ ކަމަށް އެއަރލައިނުން ބުނެފައިވެއެވެ.

"ދުބާއީއަށް އަންނަ، ދުބާއީން ފުރާ އަދި ދުބާއީ މެދުވެރިކޮށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް ވެސް ޕޭޖަރު އަދި ވޯކީޓޯކީ  ޗެކްއިން ކުރާ ތަކެތީގައި ނުވަތަ ކެބިން ލަގެޖުގައި ގެންދިއުން ވަނީ މަނާކުރެވިފައިވެއެވެ. ފަސިންޖަރުންގެ އަތު ލަގެޖުން ނުވަތަ ޗެކްއިން ކުރާ ތަކެތިން މިފަދަ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް ދުބާއީ ފުލުހުން އަތުލާނެއެވެ،" މި ނޯޓިސްގައި ބުނެފައިވެއެވެ.

އެމިރޭޓްސް އިން މި ނިންމުން ނިންމި އިރު ދާދި ފަހުން ލުބުނާނުގައި ވަނީ މުވާސަލާތީ ބޭނުންތަކަށް ބޭނުން ކުރާ ޕޭޖަރާއި ވޯކީ ޓޯކީ ގޮވުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާ އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު މަރުވެފައެވެ.                   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް