ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 09:29
ބާސެލޯނާގެ ފަރިތަކުރުމުގައި ޝެޒްނީ ބަައިވެރި ވަނީ
ބާސެލޯނާގެ ފަރިތަކުރުމުގައި ޝެޒްނީ ބަައިވެރި ވަނީ
އެފްސީ ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ އަށް ބަދަލުވެ، ޝެޒްނީ ފަރިތަކުރުންތަކުގައި ބައިވެރި ވަނީ
ބާސެލޯނާ އާއެކު ޝެޒްނީ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުން، އޭނާގެ ބަދަލު ކީޕަރެއްގެ ގޮތުގައި ޕޮޮލެންޑުގެ ވޮޒްޝިއޭ ޝެޒްނީ ބާސެލޯނާ އަށް ބަދަލުވެ، އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ލީގުގައި ބާސެލޯނާ އިން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، އެ ޓީމުގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އެ އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް އަށް މަސް ދުވަހުގެ މުއްދަތަކަށް ސްޓެގެން ކުޅުމާ ދުރުގައި ހުންނަން ޖެހެ އެވެ. އޭގެ ފަހުން މިހާތަނަށް ބާސެލޯނާގެ ގޯލު ބަލަހައްޓަމުން އައީ ދެ ނަންބަރު ކީޕަރު އިނާކީ ޕެނާ އެވެ.

އުމުރުން 34 އަހަރުގެ ޝެޒްނީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ފުޓުބޯޅަ އިން ރިޓަޔާވާން ނިންމައިފަ އެވެ. އޭރު އޭނާ ކުޅެމުން އައީ އިޓަލީގެ ޔުވެންޓަސް އަށެވެ. ނަމަވެސް ބާސެލޯނާގެ ހުށަހެޅުމާއެކު، ޝެޒްނީ ވަނީ އަލުން ކުޅުމުގެ ތެރެއަށް އަންނަން ނިންމައިފަ އެވެ. އެގޮތުން އޭނާ ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާ އާއެކު ޝެޒްނީ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާގައި ޝެޒްނީ އަށް ލިބޭނީ ޔުވެންޓަސްގައި ލިބުނު މުސާރައަށް ވުރެ ކުޑަ މުސާރައެކެވެ.

ބާސެލޯނާ އަށް ބަދަލުވުމަށްފަހު، ޝެޒްނީ ވަނީ ހުކުރު ދުވަހު އެ ކުލަބުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ޔަންގު ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ވެސް ޝެޒްނީ ޙާޟިރުވި އެވެ. މިވަގުތު ބާސެލޯނާ ތައްޔާރުވަމުން އަންނަނީ ސްޕެނިޝް ލީގުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ޕޮލެންޑުގެ ޤައުމީ ޓީމުގެ ގޯލު ވެސް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓާފައިވާ ޝެޒްނީ އަކީ ތަޖުރިބާކާރު ގޯލު ކީޕަރެކެވެ. އޭނާ ވަނީ އާސެނަލްގެ އިތުރުން ބްރެންޓްފޯޑް، ރޯމާ އަދި ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް