ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 14:26
އުލިގަމުގައި ބުރާސްފަތި ދުވަހު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ"
އުލިގަމުގައި ބުރާސްފަތި ދުވަހު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ"
އެމްޕީއެލް
ބަންކަރިންގ
ފެން ބަންކަރިންގެ ޚިދުމަތް ފެށިގޮތް ރައީސް ޔާމީން ވިދާޅުވެ ދެއްވައިފި
ފުރަތަމަ އުޅަނދު ބުރާސްފަތި ދުވަހު ހެނދުނު އައުމުން "ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޚީ ދުވަހެއް" ކަމަށް އެމްޕީއެލް އިން ބުނެފައިވޭ

ސަރުކާރުގެ "ބިޔަ ބޮޑު" ބަންކަރިން މަޝްރޫއުގެ ދަށުން "ފެން ބަންކަރިން" ޚިދުމަތް ފެށިގޮތް ރައީސް ޔާމީން، އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ހުކުރުވިލޭރޭ ބޭއްވި ޖަލްސާގައި ވިދާޅުވެދެއްވައިފިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން މުޅި ޓޫރިޒަމް ސިނާއަތު ފަހަތައް ޖައްސާލާވަރުގެ މަޝްރޫއެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކި ބަންކަރިންގެ ޚިދުމަތް ފެށިއިރު ފުރަތަމަ "ވިއްކީ ތެޔޮ" ކަމަށާއި މިހާރު "ވިއްކަނީ ފެން" ކަމުގައެވެ.

ޔާމީން ވިދާޅުވީ، ސަރުކާރުން މިކަން ކުރަމުންދަނީ "އެންމެން މިކަން މިގޮތަކަށް ނުކުރެވޭނޭ" ބުނަމުން ގެންދަނިކޮށްނެވެ.

ޔާމީން ވިދާޅުވީ، ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި ރައީސް މުއިއްޒަށް ބަންކަރިން މަޝްރޫއު "ވިއްކާފައިވާ" ކަމަށާއި އެހެން ނަމަވެސް މުއިއްޒު މިކަމުގައި "ބޯ ރަނގަޅު ކަމުން" އެ މަޝްރޫއު ފަށްޓަވަން ވަޑައިނުގަންނަވާ ކަމުގައެވެ.

"ކޮންމެވެސް ތާކުން..ޖަމައިކާ ނަމަވެސް ކޮންމެވެސް ތާކުން ހާލުގައި ޖެހިފައިވާ ބަޔަކު ފެން ބޭނުންވީ، ވަރަށް ބޮޑަށް އިސްތިހާރު ޖަހާފަ،" ފެން ބަންކަރިން ފެށިގޮތް ކިޔައިދެއްވަމުން ޔާމީން ވިދާޅުވިއެވެ.

"ދެން ފެން ގެންދިޔަ ގޮތް އެނގިލައްވާތޯ؟" ފެން ބަންކަރިންގެ ކަންތަކުގައި އުޅުނު ކުޅުދުއްފުށީ މީހަކު އެމަނިކުފާނަށް ފޮނުއްވި މެސެޖެއް ފޯނުން ބައްލަވައިގެން ވިދާޅުވަމުން ޔާމީން އެކަމުގެ ތަފްސީލް ހާމަކުރެއްވިއެވެ.

"ފެން އުފުލާ ޚިދުމަތައް މާލޭ ކޮޅުން ގެންދިޔަ ކަމަށްވަނީ ކޮޅުވެއްޓިއެއް، ކޮޅުވެއްޓިއެއްގައި ހަތަރު ބޮޑު ކަޅުހަން ބަހައްޓައިގެން، ކުޅުދުއްފުށީ ޕޯޓު ބަނދަރުން ފެންކޮޅެއް ބަރުކޮށްގެން ގެންދިޔަ،" ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން "މިއީ ފެންވިއްކާ ގޮތްތޯ" އައްސަވަމުން ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިކަން މިހެން ކުރުމަށްފަހު ފައިސާ ނެގި "ދެ ބޭފުޅެއްގެ ނަން" ލިބިވަޑައިގެންފައިވާ ކަމަށާއި ދެން އަންނަ ރެޔަކުން އެ ނަންތައް ހާމަކުރައްވާނެ ކަމަށެވެ.

ކުޅުދުއްފުށިން އެ މައުލޫމާތު ރައީސް ޔާމީން އާ ހިއްސާކުރި ފަރާތުން "ދެން ތިމަންނަމެންނަށް މައްސަލައެއް ނެތޭ މަޝްރޫއުގައި އިތުރަށް ދެން ކަމެއް ކުރަން ނުލިބުނަސް،" ބުނި ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުޅުދުއްފުށި ޕޯޓުން އޮޑިއަކަށް ފެން ބަރުކުރަނީ - ރާއްޖެއެމްވީ

ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ހޯރަފުށީގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ފެށިތާ އެތައް ދުވަހެއް ފަހުން ފެން ބަންކަރިން އަށް އައިކަމަށް ބުނާ ފުރަތަމަ އުޅަނދު އައުމާ ބެހޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު ބުރާސްފަތި ދުވަހު ހެނދުނު ވަނީ އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފައި ކަމަށާއި މިއީ "ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޚީ ދުވަހެއް،" ކަމަށެވެ.

ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް ބުރާސްފަތި ދުވަހު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ކަމަށާއި، މި ބޯޓު ކުރޫ ޗޭންޖްވާ ފަޅުވެރިން ބުރާސްފަތި ދުވަހުގެ ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ނަމުގައި އަދައިގެ ގޮތަކަށް ހަދާ ކެރަމްބޯޑެއް ބަހައްޓާފައިވާ އެ ހަޓަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓުން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް