އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ޤައުމަކަށް އެވަރަށް އެއްޗެހި ކިޔާލާއިރުގައި ދެން ޖެހިގެން އޮތް ޤައުމުގެ މީހުންނާއި ދުނިޔޭގެ އެ މަންޒަރު ބަލަން ތިބި ޤައުމުތަކަށްވެސް އެކަން ފާހަގަވާނެ ކަމަށެވެ.
އެއީ ދުނިޔޭގެ ޤައުމުތަކުން ކަން ކުރަންވީ ގޮތެއް ނޫންކަން ފާހަގަ ކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ، އިންޑިއާއާ ބެހޭ ގޮތުން އެެއްޗެހި ކިޔާއިރު، އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން ކަމަށެވެ.
ރާއްޖޭގެ ރައީސަކަށް ހުންނަވާ މީހަކު ޤައުމަކަށް ގިތްކިޔާފައި އެއްޗެހި ކިޔާލާއިރުގައި ދެން ޖެހިގެން އޮތް ޤައުމުގެ މީހުންނާ ދުނިޔޭގެ އެ މަންޒަރު ބަލަން ތިބި ޤައުމުތަކުން ބުނާނެ މިއީ އަދި މުޅިން އެހެން ސްޓައިލަކަށް އުޅޭ ބައެކޭ.ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ
އޭގެ އިތުރުން، ކޮންމެ ވެރިކަމަކާއެކުވެސް ސަރުކާރުގެ ހިންގުން ނުހުއްޓި ކުރިއަށްދާނެ ޖެހޭ ކަމަށާއި، ސަރުކާރުން އެކަންކަން ކޮށްދޭން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ވައުދުތައް ވާންޖެހޭނީ ރައްޔިތުންނަށް ހަގީގަތުގައިވެސް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި، ރައްޔިތުންނަށް ޖެއްސުންކޮށްގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.