ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 13:51
ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ޝަމީމަށް ޙަމަލާދިން މައްސަލަ
ޝަމީމަށް ޙަމަލާދިން މައްސަލަ: ދައުވާތައް ސާފުކޮށްދިނުމާއި ދައުވާތަކަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާން
މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ހައްޤުތައްވެސް ހަނދާންކޮށްދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށްވެސް އެދިފައެވެ. އެއީ މި މައްސަލައިގެ 2 އިންޓެލިޖެންސް ރިޕޯޓަކާއި، ތަހުގީގު ކުރާ ފަރާތުގެ ބަޔާން އަދި ބޭންކް ސްޓޭޓްމަންޓުތަކެވެ.

ދައުލަތުން އެދިފައިވަނީ އިންޓެލް ރިޕޯޓުގައި ހުރި ތަހުގީގަށް އަސަރު ކުރާނެ ފަދަ، އަދި ތަހުގީގު ހިންގާ ގޮތުގެ ހައްސާސް މައުލޫމާތުތައް އުނިކުރުމަށްފަހު ދިފާއަށް ޝަރީއަތުން އެ ރިޕޯޓުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

އޭގެ އިތުރުން، ކޮންމެ މީހަކަށްވެސް އެމީހެއްގެ ބޭންކް ސްޓޭޓްމަންޓު ދޫކުރުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެކަންކަމަށް ދިފާއުންވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެގޮތުގެ މަތިން ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ދައުވާތައް ސާފުކޮށްދިނުމާއި ދައުވާތަކަށް ޖަވާބުދާރީވުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލިއިރު ބުނެފައިވާ ގޮތުގައި އެ 7 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމީހުން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، މި ހަމާދިން އިރު، ހަމަލާދީ ނިމެންދެން އޭގެ ތެރެއިން ބައެއް މީހުން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް