ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 18:25
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތައް
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތައް
އިމިގްރޭޝަން
ހަށިވިއްކުމުގެ ވިޔަފާރިކުރި މައްސަލަ
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި
ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 މީހަކު ޑީޕޯޓުކޮށްފައިވޭ
ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އިމިގްރޭޝަނުން ދަނީ މާލެސިޓީގައި ޚާއްސަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުން

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.

ބުދަ ދުވަހު އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން ކުރި މަސައްކަތުން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ޚާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 މީހަކު ޑީޕޯޓުކޮށްފައިވާ އިމިގްރޭޝަނުން ބުނެއެވެ. އަދި ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އިމިގްރޭޝަނުން ދަނީ މާލެސިޓީގައި ޚާއްސަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑިޕޯޓު ކުރުމާއި، ވިސާ ފުރިހަމަ ނޫން ބިދޭސީންނަށް ނޯޓިސް ދިނުމާއި، ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދެއެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު ގާނޫނުގެ ދަށުން ފިޔަވަޅު ވެސް އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް